މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑިޕީ)ގެ ޕާލިމެންޓަރީ ގްރޫޕްގެ އިންތިޚާބުގެ މި މަހުގެ 28 ގައި ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރު މަޤާމުތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން 27 މެއި 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން elections@mdp.org.mv އަށް އެންގުމަށް ބުނެފައެވެ.
މި އިންތިޚާބުގައި ތިރީގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ނިންމާފައެވެ.
ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ
ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރ
ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރ
ސެކްރެޓަރީ ޖެނެރަލް
ސެކްރެޓަރީ ޖެނެރަލް ގެ ނާއިބު
ޗީފް ވިޕް
ވިޕް (2 ބޭފުޅުން)
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ އިންތިޚާބު މި މަހު 28 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޤާމުގެ ހުވާ ކުރެއްވުމަށްވެސް ހަމަޖެހިފައިވަނީ އެ ދުވަހު އެވެ. 93 މެމްބަރުން ހިމެނޭ މަޖިލީހަށް އެމްޑީޕީގެ ފަރާތުން އިންތިޚާބުވެފައިވަނީ 12 މެމްބަރުންނެވެ.



