1445ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ފުރާވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ޙައްޖު މިޝަންއިން ކަމަށެވެ. އެގޮތުން ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންއިން ކުރަމުންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާފައިވާ ޙައްޖު މިޝަންގައި ހިމެނެނީ 7 ފަރާތެކެވެ. އޭގެ ތެރޭގައި ޑޮކްޓަރަކާއި އިސްލާމިކް މިނިސްޓްރީގެ މީޑިއާ ހިމެނެއެވެ.
ޙައްޖު މިޝަންގައި މިއަހަރު ހިމެނި ވަޑައިގަންނަވަނީ
އުސާމް މުޙައްމަދު
މުޙައްމަދު ޝަކީލް
ޑރ. އަޙްމަދު އަސްލަމް ޢަބްދުﷲ
މުޙައްމަދު ރަމީޒް
އަޙްމަދު ޢަދީލް
ޢަބްދުލް ޢަޒީޒު އިސްމާޢީލް
ޖަންނަތު ސަޢީދު
ޒަމްޢަތު އަޙްމަދު ވަޙީދު
އިބްރާހީމް އަކްމަލް
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1000 މީހުން ޙައްޖުގެ އަޅުކަމަށް ފުރާނެއެވެ.



