އިޒްރޭލުގެ ހަނގުރާމަ ބޮންޑް ވިއްކުމާ ދެކޮޅަށް އަޔަލެންޑުގައި މުޒާހަރާ ކޮށްފި ކަމަށް ހުޅަނގުގެ މީޑިއާ ތަކުން ބުނެފިއެވެ. މެއި މަހު ނޯވޭ އަދި ސްޕެއިންއާއެކު ފަލަސްޠީނު ޤައުމެއްގެ ގޮތުގައި ބަލައިގަތް އަޔަލެންޑަކީ ޔޫރަޕިއަން ޔޫނިއަންގައި އިޒްރޭލުގެ ބޮންޑްތައް ވިއްކާ މައި މަރުކަޒެވެ. މި ބޮންޑްތަކުގެ ޕްރޮސްޕެކްޓަސްތަކަށް ހުއްދަ ދިނުމުގެ އިޚްތިޞާޞް ލިބިގެންވަނީ ސެންޓްރަލް ބޭންކް އޮފް އަޔަލެންޑަށެވެ.
ޚަބަރުތައް ބުނާ ގޮތުގައި "ސްޓޮޕް ފަންޑިންގ ޖެނޮސައިޑް" މި ނަމުގައި ކުރިއަށް ގެންދިޔަ މި މުޒާހަރާ އިންތިޒާމުކޮށްފައިވަނީ އަޔަލެންޑް ފަލަސްތީން ސޮލިޑަރިޓީ ކެމްޕޭން (އައިޕީއެސްސީ) އިން ކަމަށާއި. މި މުޒާހަރާ ބޭއްވީ ޑަބްލިންގައި ހުންނަ ސެންޓްރަލް ބޭންކް އޮފް އައިލެންޑްގެ އިމާރާތުގެ ކުރިމަތީގައެވެ.
މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވަނީ އިޒްރޭލުގެ ބޮންޑްތަކަށް އަޔަލެންޑުގެ ސެންޓްރަލް ބޭންކުން ހުއްދަ ދިނުމަކީ ދަށުދަރަޖައިގެ ކަމެއް ކަމަށާއި އަޔަލެންޑަކީ އިޒްރޭލުގެ ޖަރީމާތައް ކުށްވެރިކޮށް، ފަލަސްޠީނަކީ ދައުލަތެއް ކަމަށް ބަލައިގަނެފައިވާ ޔޫރަޕްގެ ޤައުމެއް ކަމަށެވެ. އަދި މި ބޮންޑްތައް ވިއްކުން ޔޫރަޕުގެ އެންމެހައި ޤައުމުތަކުގައި ހުއްޓާލުމަށް ވެސް ގޮވާލާފައިވެއެވެ.
މި ބޮންޑްތަކުން ލިބޭ ފައިސާ ބޭނުންކުރަނީ ޣައްޒާ އަދި ލުބުނާނުގައި އިޒްރޭލުން ކުރިއަށް ގެންދާ އަނިޔާވެރި ހަނގުރާމައަށް ކަމަށް ބުނެވެއެވެ.
ކުރިން އިނގިރޭސިވިލާތުން ވިއްކަމުން އައި މި ބޮންޑްތައް އަޔަލެންޑުން ވަނީ ބަލައިގަނެފައެވެ.









