ބަންޑޭރިކޮށީގެ އެޕާޓްމެންޓެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނީ ގދ. ހޯނޑެއްދޫ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މީހެއް ކަަމަށް ރޭ ފުލުހުން ވިދާޅުވެއްޖެއެވެ.
މީހުން ދިރިނޫޅޭ މި އެޕާޓުމެންޓުގެ ތެރެއިން މީހަކު ނިޔާވެފައި އޮއްވާ ފެނުނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަލައި ފާސްކުރި އިރު އެގެއިން އުމުރުން 30 އަހަރުގެ ފިރިހެނަކު ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ. އެމީހާ ނިޔާވި ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ އޭނާގެ ޕޯސްޓު މޯޓަމް ހެދުމަށް ނިންމާފައެވެ.
ފުލުހުން ރޭ ވިދާޅުވިގޮތުގައި ބަނޑޭރިކޮށީގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ވަނީ ފޮނުވާފައެވެ. އަދި ނިޔާވެފައި އޮއްވާ ފެނިފައި ވަނި ގދ. ހޯނޑެއްދޫ ވިލިނގިލީގެ ހައްމާދު ސައީދު ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
އެނގިފައިވާ ގޮތުގައި އެ މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ.
އެހެންވެ އޭނާ ނިޔާވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ނިންމީއެވެ. އިއްޔެއާ ހަމައަށް އޭނާގެ ހަށިގަނޑު ބާއްވާފަައި އޮތީ ގަލޮޅު މޯޗަރީގައެވެ.



