މާލެ ގެއެއްގެ ތެރެއިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މަރުވެފައި އޮތް މީހެއް ފެނިފައިވަނީ މ. ރަބީއުވިލާ ގޭގެ ގްރައުންޑް ފްލޯއިން ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު 14:20 ހާއިރު ކަމަށާއި، އެ ސަރަޙައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރަބީއުވިލާއަކީ މިދިޔަ އެޕްރީލް މަހު އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެސް ލިބުނު ގެއެކެވެ. އެގެ ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ސަރުކާރުން ވަނީ އޭރު ބުނެފައެވެ.
މީގެ އިތުރުން މިފަހަކަށް އައިސް މިފަދަ މަރުގެ ހާދިސާތައް އިތުރުކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ހުޅުމާލޭގައި ވޭނެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އަދި އޭގެ ދުވަސްތަކެއް ކުރިން މެއި މަހުގެ 13 ވަނަ ދުވަހު ބަނޑޭރި ކޮށީގެ އެޕާޓްމަންޓެއްގެ ތެރެއިންވެސް މަރުވެފައި އޮތް މީހަކު ވަނީ ފެނިފައެވެ.



