ޗިލީގެ ދެކުނުގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ޖަރުމަނުގެ ރިސާޗް ސެންޓަރ ފޮރ ޖިއޯސައިންސް (ޖީއެފްޒެޑް) އިން ބުނީ މިއަދު ހެނދުނު 6:37 ގައި ބިންހެލުން އައިސްފައިވަނީ 6.2 މެގްނިޓިއުޓްގައި ކަމަށެވެ.
މި ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި ބިންހެލުން އައިސްފައި ވަނީ ޗިލީގެ ކޮކްރޭންގެ ހުޅަނގު އުތުރުން 278 ކިލޯމީޓަރު (172 މޭލު) ދުރުގައެވެ. ކޮކްރޭން އަކީ ޕަޓަގޯނިއާގެ އާބާދީ މަދު ސަރަޙައްދެކެވެ.



