ގޭތެރެ ފޮޅާ ސާފުކުރުމުގެ މަސައްކަތަކީ ވަރަށް ވަގުތު ދާ ކަމެއް ނަމަވެސް، ފުރިހަމަ ޞިއްޙަތަކަށްޓަކައި މިކަމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ޒަމާން ކުރިއަރާފައިވާއިރު، ސާފުކުރުމުގެ މަސައްކަތަކީ މިހާރު މާ ބޮޑު ހާސްކަމެއް ނެތި ފަސޭހައިން ކޮށްލެވޭނެ ކަމެކެވެ. އެގޮތުން ވެލްކޯ ބާޒާރުން މިވަނީ ވަރަށް ހެޔޮ އަގުތަކާއެކު، ސާފުތާހިރުކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު ފަސޭހައެއް ގެނެސްދީފައެވެ.
ވެލްކޯ ޝޯ ރޫމްއާއި ވެލްކޯ ބާޒާރުގައި ގޭތެރެ ފޮޅާ ސާފުކުރުމުގެ އެންމެ ޒަމާނީ ވަސީލަތްތައް ލިބެން ހުންނާނެއެވެ. އަދި ޚާއްސަކޮށް ފާޚާނާގެ މުށިތައް ސާފުކޮށް، އޮފް ކުރުމާއި، ފާޚާނާގެ އިސްކޫރުތަކުގައި ދަބަރުޖަހާ މައްސަލައަށް ބޭނުންވާ ޙައްލުވެސް ވެލްކޯއިން ލިބެން ހުންނާނެއެވެ.

ވެލްކޯއިން ވިއްކާ ޓިޝޫއަކީ އެންމެ މޮޅު ކޮލިޓީގެ އެންމެ އަގުހެޔޮ ޓިޝޫ،
މީގެ އިތުރުން ރާއްޖެއިން ލިބެން ހުރި އެންމެ މޮޅު ކޮލިޓީގެ އެންމެ އަގުހެޔޮ ޓިޝޫވެސް ލިބެން ހުރީ ވެލްކޯއިންނެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ޓިޝޫއަކީ ރާއްޖޭގެ މަޝްހޫރު ރިސޯޓުތަކާއި، ގެސްޓްހައުސްތައް އަދި ރެސްޓޯރަންޓްތަކުގައި ބޭނުންކުރާ އިތުބާރު ލިބިފައިވާ މޮޅު ޓިޝޫއެއް ކަމެވެ.
މިފަދަ އަގުހެޔޮ، ފެންވަރު ރަނގަޅު އެތައް ސާމާނެއް ވެލްކޯއިން ލިބެން ހުރިއިރު، ހިލޭ ޑެލިވަރީ ކޮށްދޭކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން މާލެ ސަރަޙައްދުގައި ސީދާ ގެއަށް ގެންގޮސްދިނުމާއި، ރަށް ރަށާއި ބޯޓާއި ހަމައަށް ޑެލިވަރީ ކުރުމުގެ މަސައްކަތް ވެލްކޯއިން ކުރަނީ މުޅިން ހިލޭއެވެ.

10 ވަނަ ފަންގިފިލާއާ ހަމައަށްވެސް ވެލްކޯއިން ހިލޭ ޑެލިވަރީ ކޮށްދޭނެ.
ވެލްކޯއިން ބުނީ ޖީބަށް ލުއި އަގުތަކެއް ކަނޑައަޅާފައިވަނީ ކޮންމެ ބޭފުޅަކަށް ވެސް ފަސޭހައިން ގަނެވޭ ގޮތަށް ކަމަށެވެ.
ވެލްކޯ ބާޒާރު: ކަނޑިދޮންމަނިކު ގޯޅި، ބާޒާރުމަތި ، ވިލާ ބިލްޑިންގ ކަންމަތި

ވެލްކޯ ޝޯރޫމް: ބޮޑުފުންގަނޑުމަގު، ހެންވޭރު
7699222 960+
7699944 960+
ވެލްކޯއިން ބުނީ info@wellco.mv އަށް މެއިލް ކޮށްގެންވެސް ވިޔަފާރި ކުރެވޭނެ ކަމަށެވެ.



