ރ. އަތޮޅުގައި ބޮޑު ޤުރުއާން މުބާރާތެއް އިއްޔެ ފަށައިފިއެވެ.
ރ. މީދޫގައި އިއްޔެ ފެށި މި ޤުރުއާން މުބާރާތުގައި އެ އަތޮޅުގެ 14 ރަށަކުން 198 ބައިވެރިން ވާދަކުރެއެވެ.
މި ޤުރުއާން މުބާރާތުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ބުނީ މުބާރާތަށް އެކި ރަށްރަށުން މީދޫއަށް 500 އެއްހާ މީހުން އައިސްފައިވާ ކަމަށާއި، މުބާރާތަށް ތައްޔާރީތައް ވުމަށްޓަކައި ރަށުގެ ގިނަ ޢަދަދެއްގެ ބަޔަކު އަމިއްލަ މަސައްކަތްތައް އެއްފަރާތް ކުރުމަށް ފަހު، ތައްޔާރީތަކުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ރ. އަތޮޅު ޤުރުއާން މުބާރާތުގެ ތައްޔާރީތަކުގެ ތެރެއިން. / ފޮޓޯ: ސޯޝަލް މީޑިއާ.
އެގޮތުން އިދާރީ މަސައްކަތްތަކާއި، މުބާރާތް ކުރިއަށްދާ ތައުލީމީ މަރުކަޒުގެ ހޯލުގެ ތައްޔާރީތަކާއި، ރަށުތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތްތައް ހިމެނޭހެން 400 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވެފައިވާ ކަމަށް އޮފިޝަލް ބުންޏެވެ.
މުބާރާތުގެ ހިންގާ ކޮމިޓީގެ ޗެއާ އަދި ކައުންސިލްގެ ނައިބު ރައީސް ވިދާޅުވެފައިވަނީ މި މުބާރާތުގައި ހުރިހާ އެންމެންވެސް މަސައްކަތް ކުރަމުން އަންނަނީ އެކަތިގަނޑަކަށް ވެގެން ކަމަށާއި، ރަށަށްޓަކައި އެތައް ބަޔަކު ބޮޑެތި ޤުރުބާނީތަކެއް ވެއްޖެ ކަމަށެވެ. އަދި އެކަމަށްޓަކައި ވަރަށް ފަޚުރުވެރިވާކަމަށް އޭނާ ވިދާޅުވިއެވެ.



