އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރ ރޯހިތް ބަލް މަރުވެއްޖެއެވެ.
63 އަހަރުގެ ރޯހިތް ބަލް މަރުވެފައިވަނީ ހާޓް-އެޓޭކެއް ޖެހިގެން ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަފަހުންނެވެ. ފާޙަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން 2023 ގައި ވެސް ރޯހިތްގެ ހިތުގެ މައްސަލައަކާއި ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ހޯދާފައެވެ.
ފެޝަން ޑިޒައިން ކައުންސިލް އޮފް އިންޑިއާ އިން އެމީހުންގެ އިންސްޓްގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ރޯހިތްއަކީ އެ ކައުންސިލްގެ އެއް ފައުންޑިންގ މެމްބަރެވެ.
ރީހިތުގެ މަރާއި ގުޅިގެން ބޮލީވުޑްގެ އެކި ތަރިން އަންނަނީ ހިތާމަ ކުރަމުންނެވެ.
ރޯހިތް އޭނާގެ ކެރިއަރ ފަށާފައިވަނީ 1986ވަނަ އަހަރު އޯކިޑް އޯވަސީސް ޕްރައިވެޓް ލިމިޓެޑް އާއެކުއެވެ.
2006 ވަނަ އަހަރު އިންޑިއަން ފެޝަން އެވޯޑްސްގައި ޑިޒައިނަރ އޮފް ދަ އިޔާ އެވޯޑު ލިބިފައިވަނީ ރޯހިތަށެވެ. އަދި 2001 ވަނަ އަހަރު ކިންގްފިޝަރ ފެޝަން އެޗީވްމަންޓްސް އެވޯޑްގައި ވެސް އެ އަހަރުގެ ޑިޒައިނާރ އެވޯޑު އޭނާ ވަނީ ހޯދާފައެވެ.



