ހޮލީވުޑްގެ މަޝްހޫރު ބޭންޑް "މެރޫން 5" އަންނަ ޑިސެމްބަރު މަހު އިންޑިއާގައި ލައިވް ޝޯއެއް ދިނުމަށް ހަމަޖެހިއްޖެއެވެ.
މި ޝޯ އޮންނާނީ ޑިސެމްބަރު 3 ވަނަ ދުވަހު މުމްބާއީގެ މަހާލަކްޝްމީ ރޭސްކޯސް ސްޓޭޖުގައެވެ.
މި ޝޯ އަކީ އިންޑިއާގެ މަޝްހޫރު 'ބުކްމައިޝޯ ލައިވް' ކޮންސެޓް ސިލްސިލާގެ ބައެކެވެ. 'ބުކްމައިޝޯ ލައިވް'ގެ ޗީފް އޮފް ބިޒްނަސް - ލައިވް އިވެންޓްސް، އޮވެން ރޮންކޮން ބުނީ، މެރޫން 5 ފަދަ މަޝްހޫރު ބޭންޑެއް މި ކޮންސެޓުގައި ބައިވެރިވުމަކީ އެ ފަރާތަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ،
އޭޑަމް ލެވިން އިސްކޮށް ހުރެގެން އުފައްދާފައިވާ މެރޫން 5 އަކީ އެ ބޭންޑުގެ ލޯބީގެ ލަވަތަކާއި، ޕޮޕް އަދި ރޮކް ލަވަތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފޭނުންގެ ހިތްތައް ހޯދާފައިވާ ބޭންޑެކެވެ. މިއީ މި ބޭންޑު އިންޑިއާއަށް އަންނަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
'ބުކްމައިޝޯ ލައިވް'ގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ މުނިފޫހިފިލުވުމުގެ ތަޖުރިބާތައް އިންޑިއާގެ ބެލުންތެރިންނަށް ފޯރުކޮށްދިނުމެވެ. މި ކޮންސެޓަކީ އިންޑިއާގައި ވަރަށް އިންތިޒާރުކުރެވޭ އަދި ބައިވެރިވާ ފަރާތްތަކަށް ކާމިޔާބު ލިބިގެންދާ ކޮންސެޓަކަށް ވެގެން ދާނެކަމަށް އޮވެން ރޮންކޮން ބުންޏެވެ.
މި ޝޯ އާއެކު، އިންޑިއާގައި ތިބި މެރޫން 5ގެ ފޭނުންނަށް އެ ބޭންޑުގެ ޕަރފޯމަންސް ކައިރިން ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.



