ބޮލީވުޑްގެ މަަޝްހޫރު އެކްޓްރެސް ސަނީ ލިއޯން އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް އިއްޔެ ރާއްޖެ އައިސްފިއެވެ.
މިއީ ސަނީ ރާއްޖެއަށް ކުރާ ހަތަރުވަނަ ދަތުރެވެ.
ސަނީ ލިއޯން އާއިލާއާއެކު މިފަހަރު ޗުއްޓީ ހޭދަކުރަނީ ވ. އަތޮޅުގެ ނޯއީ މޯލްޑިވްސް ކުނާވަށި ރިސޯޓުގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ސަނީއަށް މަރުޙަބާ ކިޔުމަށް ދިޔަ ފޭނުންގެތެރޭގައި މަޝްހޫރު ފިޓްނެސް އިންސްޓްރަކްޓަރު ފާޒިލް އިސްމާޢީލް (ފިޓް ފާޒިލް) ހިމެނެއެވެ.
ސަނީ ވަނީ 2021 އަދި 2022ވަނަ އަހަރުވެސް ރާއްޖެއަށް އައިސްފައެވެ. މި ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް ސަނީގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އަންނަނީ ޙިއްސާކުރަމުންނެވެ.



