ހުޅުމާލޭގައި މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓެއްގައި 36 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.މަރުވެފައިވަނީ ހުޅުމާލޭ ނިރޮޅުމަގު އެމްޑަބްލިޔުއެސްސީ ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ދުއްވަން އިން ދިވެހި ފިރިހެނެކެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެ ހަވީރު ކަމަށް ފުލުހުން ބުންޏެވެ.ފުލުހުން އިތުރަށް ބުނި ގޮތުގައި:

  •     ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލްގައި؛ އެއަށް ފަހު އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވޭ
  •     އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހަފްތާގެ ހޯމަ ދުވަހު އޭނާ މަރުވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ

އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.