5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ސަރުކާރުން ހުށަހަޅާ ގޮތަށް ނިންމައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ 2024 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ޖުމްލަ 5،119،508،129 ރުފިޔާ ކަމަށް އިތުބާރުހުރި މަސްދަރަކުން އެނގިއްޖެއެވެ.
މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓް ފާސްކޮށްފައިވަނީ ސަރުކާރު ބަދަލުވުމުގެ ކަންކަން ހިނގަމުންދިޔަ އިންތިޤާލީ މަރުހަލާގައެވެ. މިއަހަރުގެ ބަޖެޓް ތައްޔާރުކޮށްފައިވަނީ ނިމިދިޔަ ސަރުކާރުންކަން ފާހަގަކޮށްލެވެއެވެ.
މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމުގެ ކުރިން ފިނޭންސް މިނިސްޓަރު ވަނީ 10 ބިލިއަން ނާރާނެ ކަމަށް ކަށަވަރުކޮށްދީފައިކަން ފާހަގަ ކޮށްލެވެއެވެ.
ބަޖެޓު ހުށަހަޅާނީ މިއަދުގެ 11 ޖަހާއިރުއެވެ.



