ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު ލިބުނު މަޢުލޫމާތަކާ ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމަންޓެއް ބަލައިފާސްކުރި އިރު މަރުވެފައި އޮތް ފިރިހެނެއް ފެނިފައިވާ ކަމަށެވެ.
މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނުނު އެޕާޓްމަންޓަކީ މިވަގުތު ބޭނުންކުރަމުންދާ ތަނެއް ނޫންކަމަށް ވަނީ ފާހަގަކުރެވިފައެވެ.
އެ ސަރަޙައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، އިތުރު މަޢުލޫމާތު ލިބޭ މިންވަރަކުން މީޑީއާއާ ޙިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



