ޔުނިވަރސަލް ފައުންޑޭޝަނުން ދިވެހިރާއްޖޭގެ 3 ޑޮކްޓަރަކަށް މާސްޓަރސް ފެންވަރަށް ސްޕެޝަލައިޒްވުޒްވުމަށް ސްކޮލަރޝިޕް ދީފިއެވެ. މިއީ ރާއްޖޭގައި އިންސާނީ ވަސީލަތް ކުރިއެރުވުމަށް އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ފޯރުކޮށްދޭ ފުރުސަތެކެވެ.
މި ސްކޮލަރޝިޕް ލިބުނު ޑޮކްޓަރުންނަކީ:
- ޑރ. އާމިނަތު ނަޖުދާ (އޮޕަރޭޝަން ކުރުމުގެ ޚާއްސަ ދާއިރާ)
- ޑރ. ފާތިމަތު މިޝާފާ ވަސީމް (ކަރުންމަތީގެ ޚާއްސަ ދާއިރާ)
- ޑރ. ނުހާ އަބްދުއްރަޙުމާނު (ކުޑަކުދިންގެ ބަލިތަކުގެ ޚާއްސަ ދާއިރާ)
ޔުނިވަރސަލް ފައުންޑޭޝަންގެ ރައީސް އިޔާޒު ވަހީދު ވިދާޅުވީ، އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އެހީވުމަކީ އެފައުންޑޭޝަނުން ޚާއްސަ އިސްކަމެއްދޭ މަސައްކަތެއްކަމަށެވެ. އަދި މިވަގުތުވެސް ޔުނިވަރސަލަރސަލްގެ އެހީގައި ރާއްޖެއިން ބޭރުގައި މެޑިސިން ދާއިރާއިންރާއިން ދަރިވަރުން ސްޕެޝަލައިޒްވަމުން އަންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"2014ވަނަ އަހަރު ޔުނިވަރސަލް ފައުންޑޭޝަން ހިންގަން ފެށީއްސުރެ 121 ސްކޮލަރޝިޕް ރާއްޖެއިން ބޭރުން ފަހިކޮށްދީފިން. މިހާރުވެސް 15 ކުއްޖަކު ބޭރުގައި ކިޔަވަމުންދާއިރު، މި ކުދިންގެ ތެރޭގައި މެޑިކަލް ދާއިރާއިން ސްޕެޝަލައިޒްވުމަށް ދީފައިވާ ސްކޮލަރޝިޕް ހިމެނޭ." އިޔާޒު ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ޔުނިވަރސަލް ފައުންޑޭޝަނުން ދަނީ ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ. ވިލާ ކުންފުންޏާ ގުޅިގެން ހިންގާ މި ޕްރޮގްރާމްގައި މިހާތަނަށް ހޮސްޕިޓަލިޓީ ދާއިރާއިން 130 ކުދިން ވަނީ ތަމްރީންކޮށްފައެވެ.
ރާއްޖެއަށް މުހިންމު ދާއިރާތަކުން ފުރުޞަތުތައް ފަހިކޮށްދިނުމަށް ޔުނިވަރސަލް ފައުންޑޭޝަނުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.



