ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޯހާނީ އޭނާގެ ފުރަތަމަ އަލްބަމް "ކެލާ" 67 ވަނަ އަހަރީ ގްރެމީ އެވޯޑްސްގެ ބެސްޓް ގްލޯބަލް މިއުޒިކް އަލްބަމް ކެޓަގަރީއަށް ވާދަ ކުރުމަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށް ހާމަކޮށްފިއެވެ.
މި ކަން ހާމަކުރަމުން ޔޯހާނީ މީސްމީޑިއާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މިއީ ލަންކާއަށް، އަހަރުމެންގެ ވާހަކަތަކަށް، އަހަރުމެންގެ އަޑުތައް އަދި ސްރީލަންކާގެ މިއުޒިކް ގައުމުން ބޭރަށް، އެންމެންގެ ލޯ ކުރިމައްޗަށް ގެންދިއުމުގެ ހުވަފެން ގަބޫލުކުރި އެންމެންނަށް" ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވެއެވެ. "ކެލާ އަކީ ލޯތްބާއެކު އުފެއްދި، އަޅުގަނޑުމެންގެ އާދަކާދަތަކުގެ ތެރޭގައި އަށަގެންފައިވާ، އަދި ދުނިޔޭގެ ޒަމާނީ އަޑުތަކުން ފުރިގެންވާ އަލްބައެއް. ކޮންމެ ބީޓަކާއި ކޮންމެ ލިރިކްސްއަކީ ވެސް އަހަރެންގެ ގައުމާއި ހިތުގެ ރަމްޒެއް" ކަމަށެވެ.
މުޅިން އަމިއްލައަށް ހަދާފައިވާ 14 ޓްރެކް ހިމެނޭ މި އަލްބަމަކީ ޔޯހާނީގެ ފުރަތަމަ އަލްބަމެވެ. މި އަލްބަމް ގްރެމީ އެވޯޑްސްއަށް ހުށަހެޅުމަކީ ސްރީލަންކާގެ މިއުޒިކް އިންޑަސްޓްރީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
67 ވަނަ އަހަރީ ގްރެމީ އެވޯޑްސް އޮންނާނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. މި އެވޯޑްސްގައި ޔޯހާނީގެ އަލްބަމް ކާމިޔާބު ވެއްޖެނަމަ، އެއީ ސްރީލަންކާގެ މިއުޒިކް އިންޑަސްޓްރީއަށް ލިބޭނެ ވަރަށް ބޮޑު ޝަރަފަކަށް ވާނެއެވެ.



