ހުރަވީ ސްކޫލްގައި ތައުލީމު ހާސިލްކުރަމުންދާ 13 އަހަރުގެ އަންހެން ދަރިވަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ހުރަވީ ސްކޫލްގެ ދަރިވަރަކު މިއަދު ހެދުނު ހާލު ސީރިއަސްވެ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ ނިޔާވެފައި ކަމަށެވެ. ދަރިވަރަށް ދިމާވީ ސިއްހީ ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނުވެއެވެ.
ހުރަވީ ސްކޫލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ދަރިވަރު ނިޔާވީ ކާން އިންދާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އިތުރު ތަފްސީލް އަންނަނީ...



