ޖުޕިޓާގައި އޭލިއަނުން އުޅޭތޯ ބެލުމަށްޓަކައި، އެމެރިކާގެ މަޝްހޫރު ފަޒާ އިދާރާ ނާސާއިން އުޅަނދެއް ފޮނުވައިފިއެވެ.

13 އޮކްޓޯބަރ 2023 ގައި ފެށުނު މި މިޝަން ފެށުމުގެ ކުރިން، އެމެރިކާގެ ފްލޮރިޑާއަށް އެރި ތޫފާން "މިލްޓަން" ގެ ސަބަބުން އުޅަނދު ޖައްވަށް ފޮނުވުން ވަނީ ލަސްކުރަން ޖެހިފައެވެ. ނާސާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި އުޅަނދުގެ މައިގަނޑު މަސައްކަތް ކުރާނީ ޖުޕިޓާ ވަށައިގެން ހުންނަ ހަނދުތަކުގައެވެ. އަދި މިހާތަނަށް މި ހަނދުތަކުގެ އަސްލު ހަގީގަތް ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަމަށް ވެސް ނާސާއިން ފާހަގަ ކޮށްފައި ވެއެވެ.

މި މިޝަނުގެ ކުރިން، ޔޫރަޕިއަން ސްޕޭސް އޭޖެންސީއިން ވެސް ވަނީ ޖުޕިޓާގެ ހަނދުތަކުގެ ދިރާސާއަށް އުޅަނދެއް ފޮނުވާފައެވެ. ނަމަވެސް ނާސާގެ އުޅަނދު އެ ސަރަހައްދަށް ދާނީ ޔޫރަޕިއަން އުޅަނދަށްވުރެ ކުރިން ކަމަށް ނާސާއިން ބުނެފައިވެއެވެ.

ނާސާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ޖުޕިޓާގެ ހަނދުތަކުގައި ވެސް ދުނިޔެއާ އެއްގޮތް ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވިފައި ވެއެވެ. އެހެންކަމުން، އެ ހަނދުތަކުގައި ދިރުން ހުރިކަމުގެ ހެކި ފެނިދާނެ ކަމަށް ނާސާއިން އުއްމީދުކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ނާސާގެ ލަފާގައި، މި އުޅަނދު އެނބުރި ދުނިޔެއަށް އަންނާނީ 2030 ވަނަ އަހަރުގެ ތެރޭގައެވެ. މި މިޝަނުގެ ސަބަބުން އިންސާނުން ސޯލާ ސިސްޓަމާއި މެދު ދެކޭ ގޮތް މުޅީން ބަދަލުވެގެން ދާނެ ކަމަށް ބެލެވޭ ކަމަށްވެސް ނާސާއިން ލަފާކޮށްފައި ވެއެވެ.