ބީޓީއެސްގެ މަޝްހޫރު މެންބަރު ޖިން، އޭނާގެ ފޭނުންނަށް ކުއްލި ޝޮކެއް ދިނުމަށްފަހު އުފާވެރި ސަޕްރައިޒެއް ދީފިއެވެ. ޖިންގެ ވަރަށް މަޤްބޫލު ލަވައެއް ކަމަށްވާ "ސުޕާ ޓޫނާ" ހުރިހާ މިއުޒިކް ސްޓްރީމިންގ ޕްލެޓްފޯމްތަކުން ކުއްލިއަކަށް ނަގާލުމުން ފޭނުންނަށް ލިބުނު ހިތްދަތިކަމުގެ ފަހުން، އެ ލަވައިގެ ދިގު ވާޝަނެއް ނެރުމަށް ނިންމާފައިވާކަން އިޢުލާންކޮށްފިއެވެ.
"ސުޕާ ޓޫނާ" އަކީ 2021 ވަނަ އަހަރު ޖިންގެ އުފަންދުވަހާ ދިމާކޮށް ނެރުނު، މަސްބޭނުމުގެ ޝައުޤުވެރިކަމަށް ޚާއްޞަކޮށް ހަދާފައިވާ ލަވައެކެވެ. މިލަވައަށް އެތައް މިލިއަން ވިއުއެއް ލިބި، ވަރަށް މަޤްބޫލުވެފައިވަނިކޮށް، ކުއްލިއަކަށް ހުރިހާ ޕްލެޓްފޯމަކުން ނަގާލުމުން، ފޭނުންނަށް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ.
ފޭނުން ކަންބޮޑުވެ، ސަބަބު ހޯދަން މަސައްކަތްކުރަމުންދަނިކޮށް، ޖިން އޭނާގެ ވީވާރސް އެޕްލިކޭޝަންގައި ލައިވްއަކަށް އަރައި، "ސުޕާ ޓޫނާ" ގެ ދިގު ވާޝަނެއް 10 އޮކްޓޯބަރުގައި ނެރޭނެކަން އިޢުލާންކުރުމުން، ފޭނުންގެ ކަންބޮޑުވުން ވަނީ އުފަލަށް ބަދަލުވެފައެވެ. މި އިޢުލާން ކުރީ 13 އޮކްޓޯބަރުގައި އޮންނަ، މިހާރު މިލިޓަރީގައި ޚިދުމަތްކުރަމުންދާ ބީޓީއެސްގެ އަނެއް މެންބަރު ޖިމިންގެ އުފަންދުވަސް ކުރިން ފާހަގަކުރުމުގެ ގޮތުންނެވެ.
މިހާރު "ސުޕާ ޓޫނާ" ގެ އައު ވާޝަން ނެރެފައިވާއިރު، މި ވާޝަނަށްވެސް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، އެތައް މިލިއަން ލައިކްސްއަކާއި ވިއުސްއެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން، ޖިންގެ "ސުޕާ ޓޫނާ" އަނބުރާ އައުމުން ފޭނުންނަށް ލިބުނު އުފާ ވަނީ އިންތިހާއަށް ގޮސްފައެވެ.



