ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭ މަގުތަކުގައި ދުއްވާ އުޅަނދުތަކަށާއި ހިނގާބިނގާވެ އުޅޭ މީހުނަށް ދަތިވާ ވަރަށް ފެންބޮޑުވެއްޖެ.
މި ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށް ތަކައް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ފ. އަތޮޅުގެ ރަށްތަކަށް މިރޭ 8:15 އާ ހިސާބަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކަށް މިރޭ 8:30 އާ ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ. އަދި މި ސަރަހައްދުތަކަށްވެސް ގުގުރުމާއެކު ބޯކޮށް ވިއްސާރަވާނެކަމަށް އެ އިދާރާއިން ވިދާލުވިއެވެ. 
މިއަދު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި މަގު ތަކުން ފެން ހިންދުމާއި އަދި ބައެއް ގެ ތަކަށް ފެން ވަންނަމުންދާތީ، ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.








