ހޮންޑާ ޕާޓްސް ސެންޓަރެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވެއްޖެއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހޮންޑާ ސައިކަލު ވިއްކަމުން އަންނަ ޝީޝާއިން ބުނީ މި މަހުގެ 12 ވަނަ ދުވަހު މި ސެންޓަރު ހުޅުވާނެ ކަމަށާއި މި ސެންޓަރު ހުންނާނީ ހ. ޝީޝާ ބިލްޑިންގ، ކާސިންޖީ މަގު 20044 ގައި ކަމަށެވެ.
ޝީޝާއިން ބުނީ މި ޕާޓްސް ސެންޓަރު ވެގެންދާނީ ރާއްޖޭގެ އެންމެ ބޮޑު ހޮންޑާ ޖެނުއިން ސްޕެއަރ ޕާޓްސް ލިބެން ހުންނަ ސެންޓަރަށް ކަމަށެވެ.
މި ސެންޓަރު ހުޅުވުމާއެކު ކަސްޓަމަރުންނަށް ފަސޭހައިން ހުރިހާ ސްޕެއަރ ޕާޓްސް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ޝީޝާއިން ބުންޏެވެ. އަދި މި ސެންޓަރު މެދުވެރިކޮށް މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް ހޮންޑާ ޕާޓްސް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ޝީޝާއިން ބުންޏެވެ.
ޝީޝާއަކީ މުޅި ރާއްޖޭގައި ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ ސައިކަލު އެތެރެކޮށް ވިއްކަމުން އަންނަ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ކުންފުނިކަން ފާހަގަކޮށްލެވެއެވެ. އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރވިސް ސެންޓަރުތައްވެސް ހިންގަމުންނެވެ.



