ބުރިޓިސް އެއަރލައިންގައި މަސައްކަތްކުރާ ކެބިން ކުރޫއެއް ރާއްޖޭގެ ރިސޯޓެއްކަމަށްވާ ކ. އޮބްލޫ އެކްސްޕީރިއަންސް އައިލާފުށްޓަށް ޗުއްޓީ ހޭދަކުރަން އައިސް ތިބެ ރިސޯޓްގައި ހަމަނުޖެހުން ހިންގުމުން އެކުންފުނީގެ ފަރާތުން ކެބިންކުރޫ އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

މިކެބިން ކްރޫ މި ރިސޯޓަށް ގޮސްފައިވަނީ އޭނާގެ ދަރިފުޅާއި ރައްޓެއްސަކާއެކު ސްޓާފް ޑިސްކައުންޓްގެ ފައިދާ ނަގައި ދުވާލަކަށް 2000 ޕައުންޑް ދައްކަންޖެހޭ އޯލް އިންކުލޫސިވް ޕެކޭޖެއްގެ ދަށުންނެވެ.

އެގޮތުން މި ތިން މީހުން، އެމީހުން ތިބި ކޮޓަރީގެ ބެލްކަނީގައި ރާބޮއެގެން ތިބެ އަޑުގަދަކޮށް މާރާމާރީ ހިންގާތީ ކައިރި ހިސާބުތަކުގައި ތިބި އެހެން ގެސްޓުންނަށް އުނދަގޫވެ ރިސޯޓު މެނޭޖުމަންޓަށް ވަނީ ރިޕޯޓުކުރުމުން މެނޭޖުމަންޓުން މި މީހުންނާ ވާހަކަ ދައްކައިގެންވެސް މައްސަލަ ހައްލުނުވުމުން ބްރިޓިޝް އެއާވޭސްއަށް ގުޅައި، އެ ރިސޯޓުގައި ތިބި އެކުންފުނީގެ ހުރިހާ މުވައްޒަފުން އެރިސޯޓުން ބާލާނެކަމަށްވަނީ އަންގާފައެވެ.

މި އިންޒާރާއެކު ބްރިޓިޝް އެއާވޭސް އިން ވަނީ ހަމަނުޖެހުން ހިންގައި އަޑުގަދަ ކުރި އަންހެން ކެބިންކްރޫއާއި އަނބުރާ ރަށަށް ދިއުމަށާއި ދަރިފުޅާއި ރަހުމަތްތެރިޔާ އެރިސޯޓުން ބޭލުމަށް އަންގާފައެވެ.