މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ ، އެމްޑީޕީ އިން ވިޔަފާރި ފަށަން އުޅޭ ވާހަކަ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވުމާއި ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަރަށް ބޮޑަށް އެކަމަށް ފާޑު ވިދާޅުވެ، އެއީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް ސޯޝަލް މީޑިއާގައި ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު ވަނީ ސިޔާސީ ޕާޓީތަކުން ސަރުކާރުގައި އަދާކުރާ ދައުރަށް ފާޑުވިދާޅުވެ، އެ ޕާޓީތަކުގެ މަގުސަދާ ދުރަށް ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ސިޔާސީ ޕާޓީތަކުން ވެރިކަން ހިންގުމަށް ފޯކަސް ކުރުމުގެ ބަދަލުގައި ވިޔަފާރިތަކުގައި ބައިވެރިވެ، ހިލޭ އެހީ ފޯރުކޮށްދީ، ރައްޔިތުންނަށް އެހީތެރިވުމުގެ ނަމުގައި ނާޖާއިޒް ފައިދާ ހޯދަމުންދާ ޓްރެންޑަކަށް ބަދަލުވެފައިވާކަން އުމަރު ފާހަގަ ކުރައްވައެވެ.
""ފައިދާވީ ޕާޓީ ތަކަށެވެ. ޕާޓީތައް ވަށައިގެން އެބުރޭ މީހުންނަށް، ހަމައެއް ލަމައެއް ނެތި ވަޒީފާތައް ބަހާ، ފަޅުރަށްތަށް ބަހާ، ބިންތަށް ބަހާ، ފްލެޓްތައް ބަހާ، ދައުލަތުގެ ކޮންޓްރެކްޓްތައް ދީ، ކޮންމެ ޕާޓީއަކުންވެސް އެ ބަޔެއްގެ ފަސް އަހަރު މުޅި ދައުލަތް ލޫޓުވާލާތީ މި ޤައުމު މިވަނީ ދަރާފައެވެ." އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ ކަންތަކަށް ރިއާޔަތްކޮށް ކާމިޔާބު ވިޔަފާރިވެރިޔާ އަދި ސިޔާސީ ފުންނާބު އުސް "ލީޑަރު" ، ސިޔާސީ ޕާޓީތަކުން ކޮރަޕްޝަން އިތުރަށް ގޯސްވާނެ ކަމުގެ އިންޒާރު ދެއްވަމުން ނަސީރު ލިޔުއްވާފައިވެ އެވެ.
ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީގެ 20 އަހަރުގެ ތާރީހަށް ވިސްނާލައްވަމުން ނަސީރު ވަނީ މާޔޫސްކަން ފާޅުކުރައްވައި، އެކަމުގެ ސަބަބުން ރާއްޖެއަށް ލިބުނު ފައިދާ ކުޑަ ކަމަށް ވިދާޅުވެފައެވެ.



