ލޭހޮޅިިއެއް ފަޅައިގެން ގޮސް ސިނކުޑިއަށް ލޭފައިބާ ސްޓްރޯކެއް ޖެހިއްޖެނަމަ ބޭހުން ފަރުވާކުރުމަށްވުރެ މިނިމަލީ އިންވޭސިވް ސާޖަރީއަކުން ބަލިމީހާ ރަނގަޅުވާލެއް އަވަސްކަމަށް ރިސާރޗްތަކުން ދައްކައިފިއެވެ. އެމެރިކާގެ ނިކޯ ކޯޕަރޭޝަނުން އުފައްދާފައިވާ އާ ސަރޖިކަލް ޓޫލްސްތަކެއްގެ އެހީއާއެކު ކުރެވޭ ސިނކުޑީގެ ހާއްސަ އޮޕަރޭޝަންތަކަށް ފަހު ސްޓްރޯކުޖެހޭ ބަލިމީހުން ރިކަވަރ ވާލެއް އަވަސްކަމަށް "ދަ ނިވް އިންގުލެންޑް ޖަރނަލް އޮފް މެޑިސިންގައި" ހާމަކަޮށްފިއެވެ.އިންޓްރާސެރެބްރަލް ހެމޮރޭޖް (އައިސީއެޗް) އަށް ފަހު 24 ގަޑިއިރުގެ ތެރޭގައި 300 ބަލިމީހުން ބައިވެރިވި ޓްރައިއަލްއެއްގައި ސްޓޭންޑަޑް މެޑިކަލް ކެއާ އާއި ސިކުނޑީގައި ފިތިފައިވާ ލޭ ހޮޅި ނައްތާލުމުގެ ޕްރޮސީޖަރ އާއި އެކު ފަރުވާ ދިން މީހުންގެ މަރުގެ ނިސްބަތް ދަށްވެ، ހޮސްޕިޓަލުގައި މަޑުކުރުން ކުރުވެ، ފަންކްޝަނަލް ނަތީޖާ، ހަމައެކަނި މެޑިކަލް ކެއާ އިން ފަރުވާ ހޯދާ ބަލިމީހުންނަށް ވުރެ ރަނގަޅުވެ އެވެ. މިއާއެކު ސާޖަރީ ހެދި ގްރޫޕްގެ ބަލިމީހުން ވެންޓިލޭޓަރުގައި ބާއްވާ މުއްދަތު ހަަމައެކަނި ބޭހުން ފަރުވާ ކުރާމީހުންނަށްވުރެ އެވްރެޖްކޮށް 3.5 ދުވަސް މަދު ކަމަށް ދިރާސާވެރިން ބުނެ އެވެ. މީގެ އިތުރުން ސިކުނޑި ދުޅަވުމަށް ފަރުވާ ދިނުމަށްޓަކައި ބޮލުގެ ނާށިގަނޑުގެ ބައިތައް ނަގަން ޖެހުނީ ސާޖަރީ ގްރޫޕްގައި %3.3 އާއި ސްޓޭންޑަރޑް-ކެއާ ގްރޫޕްގެ %20 އެވެ.ގިނަ ބަލިމީހުންގެ ސިކުނޑީގެ މައި ލޯބްތަކުގައި ސުޕަރފިޝަލް ހެމޮރޭޖް އުފެދިފައިވެއެވެ. އެހެން ސަރަހައްދުތަކުގައި ސްޓްރޯކް ޖެހުމުން ވެސް މި ފަރުވާއަކީ މިފަދަ ފަރުވާއެއް ލިބޭނެ ކަމެއް ކަމެއް ސާފެއް ނުވާ ކަމަށް ދިރާސާވެރިން ބުނެ އެވެ.އެމެރިކާގެ ނިކޯ ކޯޕަރޭޝަނުން އާ މިނިމަލީ އިންވޭސިވް ޓޫލްސް ލިބުމުގެ ކުރިން އައިސީއެޗް ބަލިމީހުންގެ ލޭހޮޅިތައް ނައްތާލުމަށް ކުރާ ސާޖަރީއަކީ ބޮލުގެ ނާށިގަނޑުގެ ބައެއް ނަގަން ޖެހޭ ސާޖަރީއެއް ކަމަށާއި އެއީ ބަލިމީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެންމެ ފަހުގެ މަސައްކަތެއް ކަމަށް ދިރާސާވެރިން ފާހަގަކުރި އެވެ."މި ޓްރައިއަލްގެ ނަތީޖާ ސާފު: ސިކުނޑިން ލޭ ނަގާ ވަރަކަށް އަދި އަވަހަށް ބަލިމީހާގެ ފަންކްޝަނަލް ރިކަވަރީ އާއި ދިރިހުރުމުގެ ފުރުސަތު ބޮޑުވާނެ،" ނިކޯގެ ސީއީއޯ ޖިމް ޕީއާސަން ނެރުނު ބަޔާނެއްގައި ބުންޏެވެ.


