ޖޯޖިއާގެ ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ފާސްކުރި އެލްޖީބީޓީކިޔޫ+ ހައްގުތައް ހުއްޓުވުމާ ބެހޭ ބިލު ތަސްދީގު ކުރެއްވުމަށް އެގައުމުގެ ރައީސް ސަލޯމޭ ޒޫރަބިޗްވިލީ ދެކޮޅު ހައްދަވައިފިއެވެ. އެގައުމުގެ ރައީސްކަމުގެ މަގާމުގައި ހުންނަވަނީ ޔޫރަޕިއަން ޔޫނިއަންއާއި ގާތް ގުޅުން ބޭއްވުމަށް މަސައްކަތްކުރާ އަންހެނެކެވެ.
ހަބަރުތައް ބުނާ ގޮތުގައި އޭނާ އެ ބިލް ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވީ ބައިމަދު އެއްޖިންސުން ގުޅުން ހިންގާ މީހުން ޔޫރަޕިއަން ޔޫނިއަން އަށާއި ހުޅަނގުގެ މީޑިއާ ތަކަށް ޖޯޖިއާގެ ސަރުކާރުން ރަޝިއާ އާއި ގާތްވުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ހަބަރުތައް ފެތުރުމުންނެވެ.
މުޒާހަރާތަކުގައި ވެސް އެމީހުން ގޮވަމުން ދިޔައީ އެ ބިލް ތަސްދީގު ކޮށްފިނަމަ އޭގެ މާނައަކީ ޖޯޖިއާއިން ޔޫރަޕާއި ދުރަށް ޖެހި ރަޝިއާއާއި ކައިރިވާން މަސައްކަތް ކުރާކަމެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރަޝިއާ އަކީ އެލްޖީބީޓީކިއޫ+ އާއި ވަރަށް އިދިކޮޅު ބައެކެވެ. އެގައުމުގެ ރައީސް ޕޫޓިން ވިދާޅުވެފައިވަނީ ޔޫރަޕް މީހުންނަށް ރީތީ ވަލުޖަނަވާރުން އުޅޫ ގޮތަށް އުޅެން ކަމަށާއި، އެއީ ތަހުޒީބު ވުމެއް ނޫނެވެ.
.
އެލްޖީބީޓީކިއޫޕްލަސް ހުއްދަ އޮންނަ ޖޯޖިއާ ސަރުކާރުން އެ ހައްގުތައް ހަނިކުރާ އާ ގާނޫނެއް ފާސްކުރުން
"ފެމިލީ ވެލިއުސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން" ގާނޫނުގެ ނަމުގައި ނެރުނު މި ގާނޫނުގައި ސަރުކާރަށް ޕްރައިޑް އިވެންޓްތައް ހުއްޓުވުމާއި، އެލްޖީބީޓީކިޔޫ ރެއިންބޯ ދިދަ މަނާކުރުމާއި، އެލްޖީބީޓީކިޔޫ+ މީހުންނާ ބެހޭ ފިލްމުތަކާއި ފޮތްތައް ބްލޮކް ކުރުމުގެ ހުއްދަ ދީފައިވެ އެވެ.
މަޖިލީހުން ފާސްކުރި އައު ބިލުން ލިބިދޭ ބާރުތައް
އެއްޖިންސުން ކައިވެނި ކުރުން ހުއްޓުވުމާއި، ޖެންޑަރ ރީއެސައިންމަންޓް ސާޖަރީތައް ނުވަތަ ޖިންސީ ގުނަވަންތައް ބަދަލުކުރުމުގެ އޮޕަރޭޝަންތައް ހެދުން ވެސް އައު ގާނޫނުގައި ވަނީ މަނާ ކޮށްފައެވެ،
ޕާލަމެންޓުން ބުނާ ގޮތުގައި މި ގާނޫނުގެ ބޭނުމަކީ ޖޯޖިއާގެ ސަގާފީ އާއިލީ އަގުތައް ހިމާޔަތް ކުރުމަށެވެ.
ސަރުކާރުން ބުނަނީ އާއިލާތަކާއި ކުޑަކުދިން ހިމާޔަތް ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެލްޖީބީޓީކިޔޫ+ އެކްޓިވިސްޓުން ގަބޫލުކުރާ ގޮތުގައި މި ގާނޫނަކީ ހަގީގަތުގައި ކުރިއަށް އޮތް އިންތިޚާބުގެ ކުރިން ކޮންޒަވޭޓިވް މީހުންގެ ވޯޓު ހޯދުމަށް ސަރުކާރުން ކޮށްގެން އުޅޭ ކަމެއް ކަމަށް ބުނެއެވެ. އެމީހުން ކަންބޮޑުވަނީ މި ގާނޫނުގެ ސަބަބުން ޖޯޖިއާ ޔޫރަޕިއަން ޔޫނިއަންއާ އޮންނަ ގުޅުން ހީނާރުވެދާނެތީ ކަމަށް މުޒާހަރާގައި ބުނެއެވެ. އަދި ރަޝިއާއާއި ކައިރިވެދާނެ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ހުޅަނގަށް މެސެޖުތައްދީ ، ހުޅަނގުގެ ނުފޫޒުން އަލުން އަނެއްކާވެސް އެއްޖިންސުން ގުޅުމުގެ ހުއްދަ ޖޯޖިއާގައި ދިނުމެވެ. ރަޝިއާއަކީ އެލްޖީބީޓީކިޔޫ+ ގެ ހައްގުތައް އޮންނަ ގައުމެއް ނޫނެވެ. ރަޝިއާއިން ބުނަނީ އެއީ ޖަނަވާރުންގެ އުސޫލެއް ކަމަށާއި، ޔޫރަޕް މީހުން ބޭނުންވަނީ ޖަނަވާރުން އުޅޭ ގޮތަށް އުޅެން ކަމަށް ވާނަމަ އެކަމަކީ ރަޝިއާގައި ހުއްދަ ކަމަކަށް ނުވާނެއެވެ.
އިރުމަތީ ޔޫރަޕާއި ހުޅަނގު އޭޝިއާ ހުރަސްކޮށް އޮންނަ ކޯކެސަސް ސަރަހައްދުގެ ގައުމެއް ކަމަށްވާ ޖޯޖިއާ އަކީ 1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން ފުނޑުފުނޑުވުމާ ގުޅިގެން މިނިވަންވި ގައުމެކެވެ. ޖޯޖިއާގައި އެލްޖީބީޓީކިޔޫ+ ހައްގުތަކާ ބެހޭ ގޮތުން ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެއްޖިންސުން ގުޅުން ހިންގުން 2000 ވަނަ އަހަރު ޖޯޖިއާގެ ގާނޫނުހަދާ މަޖިލީހުން ހުއްދަ ކޮށްފައިވަނީ ޔޫރަޕިއަން ޔޫނިއަން ރުއްސަން ވެގެންނެވެ. ނަމަވެސް އެކަމާއި ޖޯޖިއާގެ ގިނަ މީހުން ވަރަށް ބޮޑަށް އިދިކޮޅެވެ.
މި ގާނޫނު ފާސްކުރި ކަމުގައި ވިޔަސް ޔޫރަޕްގެ ނުފޫޒުން މި ގާނޫނު ތަސްދީގު ކުރުމާއިމެދު އޭރުވެސް ސުވާލު އުފެދުނެވެ.0.



