މިއަހަރުގެ އެރޭބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެއާގައި އެމްއެމްޕީއާރުސީއިން ބައިވެރިވެ، ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި އެވެ.
އެ ފެއާ ކުރިއަށްދާނީ މި މަހު 6އިން 9އަށް، ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގަ އެވެ.
އެމްއެމްޕީއާރުސީއާ އެކު އެ ފެއާގައި ރާއްޖެ ތަމްސީލުކުރަން 253 އެގްޒިބިޓަރުން ވަނީ މި އަހަރު ބައިވެރިވެފަ އެވެ.
މިއީ އެމްއެމްޕީއާރުސީއިން ބުނާ ގޮތުގައި މެދުއިރުމަތީގެ ދަތުރުފަތުރުގެ ދާއިރާގައި ރާއްޖެ އިޝްތިހާރުކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބޭނެ ހަރަކާތެކެވެ.
އޭޓީއެމް ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ އިތުރުން އެމްއެމްޕީއާރުސީއިން އިސްވެ، ރާއްޖެއާ ބެހޭ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.



