އެމެރިކާއަށް ވަޑައިގެން ދުނިޔޭގެ ބާރުގަދަ ގައުމުތަކާއިއެކު ލޮބީ ކުރައްވަމުން ގެންދަވާ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ،މުޙައްމަދު މުޢިއްޒު ވަރަށް ދުރާލާ މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވައިފިއެވެ. ހާއްސަކޮށް ރޭ، ސެޕްޓެމްބަރ 26، 2024 ވަނަ ދުވަހުގެރޭ ޕްރިންސްޓަން ޔުނިވަރސިޓީގައި ދެއްވި މުހިންމު ޚިޠާބުގައި އިންޑިއާ ކަނޑުގެ ތެރޭގައި "އުފެދިދާނެ ރާޅަކަށް" ސަމާލުވެ ވަޑައިގެން، ޙިކުމަތްތެރި ބަސްފުޅުތަކެއް ވިދާޅުވިއެވެ.
ކީއްވެ؟
ދުނިޔޭގެ ތެލުގެ 50 އިންސައްތަ ދައުރުވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުންނެވެ. އެކިއެކި އުޅަނދުފަހަރުގައި އޭޝިއާ އާއި ޔޫރަޕްގެ ވިޔަފާރީގެ 75 ޕަސަންޓު މުދާ މި އުފުލަނީ ރާއްޖޭގެ ސަރަހްދުން ކަމަށް ވާއިރު، ދުނިޔޭގެ ވިޔަފާރިއާއި ސިޔާސީ ހަމަޖެހުމަށް ރާއްޖެ މި އޮތް ސަރަހައްދަކީ ވަރަށް މުހިއްމު ތަނެކެވެ. މިތަނަށް އަތްގަދަ ކޮށްލެވޭތޯ ދުނިޔޭގެ ބޮޑެތި ބާރުތަކުން ތާއަބަދު ލޯ އަޅައެވެ.
ރާއްޖެ އަކީ ކުޑަ ގައުމެއް. ހަދާނީ ކިހިނެއް؟
މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު އެންމެ ފުރިހަމައަށް ރައްކާތެރިކޮށް ކަށަވަރު ކޮށްދޭނެ ކަމަށް ވަޢުދުވެ ވަަޑައިގެންފައެވެ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އިންޑިއާ ކަނޑުގައި ރާއްޖޭގެ ނުފޫޒު ގަދަކޮށްލައި ، ރާއްޖެއިން މިހާރު ބަންކަރިންގ ޚިދުމަތް ފަށާފައިވާ އިންޑިއާ ކަނޑުގެ ބައިނަލްއަޤްވާމީ ޝިޕިންގ އާއި ތެލުގެ މުހިންމުކަން އިތުރުވަމުން ދާއިރު، ބައިނަލްއަޤްވާމީ މި މުހިއްމު ސަރަހައްދުގެ ހަމަޖެހުމާއި އެއްބާރުލުމަށް އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުން ހިމާޔަތްކުރާނީ އިންޑިއާ ކަނޑުގެ ގަވާއިދުތަކުގެ ތެރެއިން ދިވެހިރާއްޖެއާއި އެމެރިކާ ވެސް ގުޅިގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރޭ ވަރަށް ސާފު ބަހުން ވިދާޅުވިއެވެ.
The relationship between the Maldives and the United States is crucial, in upholding a rule-based international order in the Indian Ocean - President Dr.Mohamed Muizzu
ރައީސްގެ މެސެޖު ސާފު!
That’s why during last year’s Presidential Election, I made a pledge to uphold and strengthen the Maldives' sovereignty and independence - President Dr.Mohamed Muizzu
ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހަނގުރާމަކޮށް ބިންތައް ފޭރެނީ އެ ބިންތަކުން ލިބޭ މާއްދީ ފައިދާގެ ސަބަބުންނެވެ. ރާއްޖެ އަކީ ހުރިހާ އެންމެނަށް ވެސް މުހިއްމު ގައުމެކެވެ. އެހެންކަމުން ދިވެހީންގެ މުށުތެރެއިން ދިވެހި ފަސްގަނޑު ބީވެގެން ނުދާނެ ގޮތަށް ރައީސް މުއިއްޒު މިވަނީ ޙިކުމަތްތެރިކަން އިސްކުރައްވާފައެވެ. އަޅުގަނޑުމެންގެ ދަރީންގެ ދަރީންނާއި އެމީހުންގެ ދަރިފަސްކޮޅަށް ދާންދެން މި ފަސްގަނޑު ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ ރައީސް މުއިއްޒުގެ "ޕްރޯމޯލްޑިވްސް"ގެ އުސޫލުތައް ދަމަހައްޓައި ދުނިޔޭގެ ގައުމުތަކާއި ގުޅިގެން ރާއްޖެ ތަރައްގީ ކޮށްގެންނެވެ. ރައީސް ކުރައްވަނީ އެ މަސައްކަތްޕުޅެވެ. ގައުމުގެ އިސްތިޤުލާލު ހިމާޔަތް ކުރައްވަމުން ބޭރުގެ ބާރުތަކާއި ގުޅިގެންނެވެ. އެހެންނަމަވެސް ، ރާއްޖޭގެ ފުރިހަމަ ކޮންޓުރޯލުގައެވެ.









