މީގެ ފަހުން މާލޭ އިންޑްސްޓްރިއަލް ވިލެޖަށް ވެހިކަލްތަކުގައި ނުވަދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.އެ ސަރަހައްދު ވަރަށް ބޮޑަށް ގޮނޑުވެ، މުޅި ހިސާބުގަނޑުގައި ނުބައި ވަސް އުފެދިފައި ވާތީ މާލޭ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ގުޅިގެން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.ސިޓީ ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އާމިނަތު ޝަތުފާ ޝަފީއު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖް އެއްކޮށް ސާފުކުރުމަށް ފަހު އެ ސަރަހައްދަށް އެއްވެސް ވެހިކަލަކަށް ނުވަދޭވޭނެ ކަމަށެވެ. ނަމަވެސް އާންމުންނަށް ހިނގާފައި އެ ސަރަހައްދަށް ވަދެވޭނެ ކަމަށް ވިދާޅުވި އެވެ.'ޕެޓްރޯލް ޝެޑަށް ވަދެވޭނެ، އެހެން އެއްވެސް ތަނަކަށް ހަތަރު ފުރުޅުލީ ވެހިކަލްތަކަކަށް އަދި ސައިކަލުތަކަކަށް ނުވަދެވޭނެ. [އެކަމަކު] އެތަނުން ބިން ކުއްޔަށް ނަގާފައި ހުރި ކުންފުނިތަކުގެ މުވައްޒަފުންނަށް ވަދެވޭނެ،" އޭނާ ވިދާޅުވި އެވެ.ޝަތުފާ ވިދާޅުވީ އެތަން ސާފުކުރުމަށް ފަހު ކައުންސިލަށް ނިސްބަތްވާ ބިންތަކުގައި ފެންސް ޖަހައި އެ ހިސާބު އަލިކުރުމުގެ މަސައްކަތް ކުރަމުން އަންނަށެވެ."ކައުންސިލް ބިންތަކުގައި ފެންސް ޖަހައި އެތަންތަން އަލިކޮށް ބާއްވަން މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ."އަޅުގަނޑުމެންނަށް ފާހަގަވި ބައެއް ތަންތަނުގައި ފުޅިމަދު ފޮށި ބަހައްޓައިގެން މީހުން ވިޔަފާރިކުރަމުންދާކަން ވެސް."ޝަތުފާ އިތުރަށް ވިދާޅުވީ: ސާފުކުރަނީ އެސަރަހައްދުން ބިން ކުއްޔަށް ދޫކޮށްފައިވާ ކުންފުނިތަކާ ގުޅިގެން، އެ ކުންފުންޏެއްގެ ބިން އެ ކުންފުންޏަކުން ސާފުކުރާ ގޮތަށް ކަމަށް އެހެނިހެން ބައިތައް ސާފުކުރަމުން އަންނަނީ ވެމްކޯ އާއި ސިޓީ ކައުންސިލުން އެ ސަރަހައްދުގައި ހުރި ވެހިކަލްތައް ފުލުހުންނާ ގުޅިގެން ނަގަމުން އަންނަ ކަމަށް އެމްޕީއެލް އާއި ސިޓީ ކައުންސިލް ގުޅިގެން އެ ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓާނެއިންޑަސްޓްރިއަލް ވިލެޖްގެ ބައެއް ހިސާބުތަކަށް ކުނި އެޅުން އާންމުވެ، މުޅި ތަން އޮތީ ގޮނޑަކަށް ހަދާލައިފަ އެވެ. ވެމްކޯގެ ސައިޓަށް ފައިސާ ދީގެން ވަންނަން ޖެހޭތީ އެކަން ނުކޮށް، ޕިކަޕްތަކާއި އެހެން އެއްޗެހީގައި ކުނި ހިފައިގެން ގޮސް އިންޑަސްޓްރިއަލް ވިލެޖަށް ކުނި އުކުމުގެ މައްސަލަ މީގެ ކުރިން އޮތީ ބޮޑުވެފަ އެވެ.


