ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކަމުން ދިޔަ ދިވެހި ފިރިހެނެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.ޝައްފާން ޝަފީގް ނަމަކަށް ކިޔާ މީހާ ދަނީ ސޯޝަލް މީޑިއާގައި، އޭނާ އުފެދިގެން އައި ގޮތާ މެދު ސުވާލު އުފައްދައި، ފާޑުކިޔަމުންނެވެ. އަދި ކަލަކުވޮޑިގެން ވާކަމާ މެދު ވެސް އޭނާ ދައުވާ ކުރެ އެވެ.މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް މީހަކު ގެނައުމާ އެކު، ފުލުހުންގެ ސްޕޯކްސްޕާސަން ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން ވިދާޅުވީ އެ މީހާ އާއްމު ކުރާ ކޮންޓެންޓާއި އޭނާގެ މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ.އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންގެ މައްސަލަތައް މީގެ ކުރިން ވެސް ފުލުހުން ތަހުގީގު ކުރި އެވެ. އެކަމަކު މައްސަލަ ބަލަން ފެށުމާ އެކު އޭގެ ތެރެއިން ބައެއް މީހުން ވަނީ ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފަ އެވެ.އެހެންވެ، މި މީހާގެ މައްސަލަ ބަލަން ފެށުމާ އެކު ވެސް، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ބައެއް އާއްމުން ދަނީ ގޮވާލަމުންނެވެ.