ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުތެރޭގައި މާރާމާރީ ހިންގި ބިދޭސީ ފިރިހެނަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.ފުލުސް އޮފީހުން މިއަދު ބުނިގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ މިއަދު ހެނދުނެވެ. އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު އެއިން ފެންނަ ގޮތުގައި، އިންޓަނޭޝަނަލް ޓާމިނަލްގެ ޗެކިން ކައުންޓަރު ކައިރީގައި ބިދޭސީ މީހާ މާރާމާރީ ހިންގަނީ އެއާޕޯޓުގެ މުވައްޒަފުންތަކަކާ އެވެ.ވީޑިއޯއިން ފެންނަ ގޮތުގައި:
- ބިޔަކޮށް ހުރި އެ ބިދޭސީ މީހާ، އެއާޕޯޓު މުވައްޒަފަކާ ދެބަސްވުމަށް ފަހުގައި އޭނާގެ ބޮލުގައި ވަރަށް ބާރަށް އަތުން ޖަހާ. ޖެހުމާއެކު އޭނާ ވެއްޓުނު
- އެތަން ބަލަން ހުރި އެހެން ދިވެހި މުވައްޒަފަކު ބިދޭސީ މީހާ ގައިގާ ޖަހާ. އެކަމަކު އޭނާއާ ވެސް މާރާމާރީ ހިންގާ ވައްޓާލާ
- އިތުރު މުވައްޒަފުން އައިސް އެ މީހުން ދުރު ކުރި. އަދި ބިދޭސީ މީހާ ވެސް އެތަނުން ދުރަށް ގެންދޭ


