ބައިބަލާ އެސޯސިއޭޝަނުން ކުރިއަށް ގެންދާ އެމްޓީސީސީ ޢީދު ބައިބަލާ މުބާރާތުގެ 2 ވަނަ ރޭގެ މެޗުތައް، ފުރަތަމަ ރެޔެކޭ ވެސް އެފަދައިން ވަރަށް ވާދަ ވެރި ކަމާ އެކީ ނިންމާލާފިއެވެ. އެމްޓީސީސީ ޢީދު ބައިބަލާ މުބާރާތުގެ ފުރަތަމަ ރޭ ވާދަ ކޮށްފައިވަނީ 12 ޓީމެވެ. މުޅި ޖުމްލަ 6 މެޗެވެ.  އެހެން ނަމަވެސް 2 ވަނަ ރޭ ކުޅެފައިވަނީ 14 ޓީމާއި އެކު 7 މެޗެވެ.ރޭގައި ވާދަ ކޮށްފައިވާ ޓިމުތަކަކީ ލަޔަންސް އެންޑް ޓައިގާސް، ޓީނޭޖް ޓީ، އެލް އެފް ސްޕޯޓްސް ކުލަބު، ޓީސީ ފްރެޓާނިޓީ، ޒެފްރޯލް ގޯޅި، މަސްއޮޑި ވޯވޯ، ހަށްހާ ވައިކަންމަތި، ބުރު ސްޕޯޓްސް ކުލަބު، ކުލަބު ކާސިންޖީ، ކުލަބު ޖިމީސް، ޓީނޭޖު ޖޫނިއާސް، ބުރު ކޮންކޫސް، ބްރަދަހުޑް އެސްސީ އަދި ލޮރެންޒޯ އެވެ.ރޭގެ ފުރަތަމަ މެޗުގައި ވާދަކޮށް މޮޅުވެފައިވަނީ ޓީނޭޖްޓީ އެވެ. އަދި މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީނޭޖް ޓީ ގެ ޢަބްދުﷲ ހިސާނެވެ. ދެވަނަ މެޗު ކާމިޔާބު ކޮށްފައިވަނީ ޓިސީ ފްރެޓަނިޓީ އެވެ. އަދި މޮލުކުޅުން ތެރިއަކީ ޓިސީ ފްރެޓަނިޓީގެ އައިހަމް އަހުމަދެވެ. ތިންވަނަ މެޗަށް ބަލާލާއިރު މެޗު ކާމިޔާބު ކުރީ  ޒެފްރޯލް ގޯޅިންނެވެ. އަދި މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޒެފްރޯލް ގޯޅިގެ އިބަރާހިމް ޝިމާމެވެ.ހަތަރު ވަނަ މެޗުން ކުރިހޯދާފައި ވަނީ ބުރު ސޮޕޯޓްސް ކުލަބުންނެވެ. މެޗުގެ މޮޅު ކުޅުމެއް ދައްކާފައިވަނީ ބުރު ސޮޕޯޓސް ގެ އިބްރާހިމް ނިހާނެވެ.  ދެން ކުޅެވުނު މެޗުން ކުރިހޯއްދަވާފައިވަނީ ކުލަބް ކާސިންޖީންނެވެ. މޭން އޮފް ދަ މެޗަށް ހޮވިފައިވަނީ ކުލަބް ކާސިންޖީގެ އަލީ ވިޖްހާނެވެ.ޖެހިގެން އައި މެޗުން މޮޅުވެފައި ވަނީ ޓީނޭޖް ޖޫނިއާސް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޓީނޭޖް ޖޫނިއާސް ގެ މުހައްމަދު ޝައްފާނެވެ. އަދި ރޭގެ ފަހު މެޗުގައި ކުރިހޯދާފައި ވަނީ ބްރަދަހުޑް ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބްރަދަހުޑް ގެ އަބްދުލް ރަޙްމާނެވެ. ބައިބަލާ އެސޯސިއޭޝަނުން ކުރިޔަށް ގެންދާ އެމްޓީޓީސީ ޢީދު ބައިބަލާ މި މުބާރާތުގެ މިރޭވެސް ކުޅުމަށް ހަމަޖެހިފައިވާ ޓީމުތަކާއި އެކު ފޯރި ގަދަ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.