މާފުށީ ޖަލުގައި މީހަކު ދަންޖެހިއްޖެއެވެ. ދަންޖެހިގެން މަރުވީ ގ. އެއްތެޔޮމާގޭ އަބްދުލް ޣަނީ އިސްމާއީލް 62 އެވެ.
އޭނާއަކީ މާލޭ މަގުމަތިން އަންހެނަކަށް ފުރައްސާރަކޮށް، ފޮށިހެދި ކަމުގެ ތުހުމަތުގައި ތަންކޮޅެއް ކުރިން ހައްޔަރުކޮށް ދަޢުވާ އުފުލުނު މީހެކެވެ. އެ ދައުވާތަކަކީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލު ކުރުމުގެ ދައުވާ އާއި، އާއްމު ތަނެއްގައި ނުވަތަ ތަންތަނުގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމުގެ ދައުވާ އަދި ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ އެވެ.



