ފުލުހަކު ދަރިވަރަކު ބްލެކްމެއިލް ކުރި ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފިއެވެ.
އެކްސްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ދިވެހި ފުލުހުންގެ އިންސްޕެކްޓަރަކު ވިލާ ކޮލެޖުގައި ނާސިން ކިޔަވާ ދަރިވަރަކު ބްލެކްމެއިލްކޮށް ފައިސާ ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުންނާއި މެދު ކުރެވޭ ޝަކުވާތައް ތަހުގީގުކޮށް އެ މައުލޫމާތު ޔަގީންކޮށް އެކަން ބެލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
"ފުލުހަކާއި މެދު ޝަކުވާއެއް ވާނަމަ ސީދާ ފުލުހުންނަށް އެކަމެއް ހުށަހަޅުއްވައިގެން ހައްލުކުރެއްވުން އެދެން." ޝިފާން ވިދާޅުވެފައިވެއެވެ.
ފުލުހުންގެ މައްސަލަތައް ތަހުގީގުކުރުމުގެ ޒިންމާ އޮންނަނީ (ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން) އެންއައިސީގެ މައްޗަށެވެ. ތަހުގީގުކުރުމަށް ފަހު އެ އިދާރާއިން އަޅާ ފިޔަވަޅުތައް ހާމަކުރާނެއެވެ.



