އެމްޑީޕީއަކީ އެންމެ ކުރީގައިވެސް ޤާނޫނު މާނަކުރުމުގައި ތަފާތު ވިސްނުމުގެ ބައެކެވެ. ރައީސް ނަޝީދަށް 2008 ވަނަ އަހަރު ވެރިކަން ލިބުމުން ޖުޑިޝަރީއަށް ގެންނަން އުޅުނު ބަދަލުތަކުގެ ތެރޭގައި އެމަނިކުފާނު ވެރިކަމުން ދުރުކޮށްލި މާޒީ އަކީ ޝަކުވާތަކުގެ ބިރުވެރިކަން ބޮޑުވެގެންދާ ޙަޤީޤަތެވެ. ރައީސް ނަޝީދުގެ ހަލަބޮލި ދައުރު ގެއްލިގެން ދިޔައީ ޚުދުމުޚުތާރު ވެރިކަމެއްގެ ސަބަބުން ކަމަށް ސިފަ ކުރެވިދާނެއެވެ. ފަނޑިޔާރަކު ގަދަކަމުން ހައްޔަރުކޮށް ޖަލަށް ލުމާއި އޭގެ ފަހުން އިސްތިއުފާ ދެއްވުމުން ނިމުމަކަށް އައި ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.
އޭގެފަހުން، ރައީސް ނަޝީދުގެ ބާރާއި ނުފޫޒު މަޖިލިސްތެރޭގައި ގަދަކުރުމުގެ ސިއްރު އެޖެންޑާއާއި އެމްޑީޕީ އަކީ ރައީސް ނަޝީދުގެ ތަރިކައަކަށް ހަދަން މަސައްކަތް ކުރި ދަނޑިވަޅެއްގައި އޭނާއަށް ދިން ބޮމުގެ ހަމަލާއަށް 3 އަހަރު ވީއިރު ހައްލުނުވެ ޝަރުޢީ މަރުހަލާގެ ދުވެލި ލަސްވުމުގެ ފަހަތުގައިވާ ސިޔާސީ މަޤުޞަދުތަކާއި ބެހޭ ގޮތުން ޝައްކު އުފެދެއެވެ. ޚުދު ނަޝީދު ވަނީ ސަރުކާރުގެ ތެރޭގައި ވާދަވެރި ފެކްޝަންތަކުން ތަދައްޚުލްވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ތުހުމަތުގެ އިނގިލި ދިއްކޮށްފައެވެ. ރައީސް ނަޝީދުއަކީ އިރެއްގައި ރައީސް ޞާލިހުގެ ބެސްޓް ފްރެންޑަށް ވެފައި މަޖިލިސް ރައީސް އަސްލަމްގެ މިތުރެއް ކަމަކު އެހުރިހާ ކަމެއްވެސް ވަނީ އިދިކޮޅަށް ޖަހާފައެވެ.
ކޮންމެޔަކަސް މަޖިލީހުގެ ރައީސްގެ މަޤާމުގައި މުޙައްމަދު އަސްލަމްގެ ދައުރު ނިމުމަކާ ގާތްވެފައިވާއިރު، އޭނާގެ ލެގަސީ އާއި މޮޓިވޭޝަންތަކާ މެދު މިއަދު ވަރަށް ބޮޑު ސުވާލެއް އުފެދެއެވެ. އެއީ، މިއަދަކީ ނަޝީދަށް އިންސާފު ނުލިބި ދިގުލައިގެންދާތާ 3 އަހަރު ވީ ދުވަހެވެ. މިއޮށްހާ ދުވަހު އެމައްސަލަ އޭނާގެ ބައިވެރިވުމާއެކު އުފެއްދި އެމްޑީޕީގެ ވެރިކަމުގައި ފިނިހަކަ ދުވެލީގައި ދިޔައިރު މަޖިލިސް ތެރެއިން އަސްލަމްވެސް އެމައްސަލަ އަވަސް ކުރުމަށް ކުރެއްވި ކަމެއް ނެތެވެ. އަސްލަމްގެ ދައުރަށް އިރުއޮއްސެން އުޅޭއިރު ސިޔާސީ އުކުޅުތައް ކުރިއަށް ނެރެ ރައީސް ނަޝީދަށް އިންސާފު ހޯދަން ގޮވާލައި އެމައްސަލަ އަވަސް ކުރުމަށް މުހައްމަދު އަސްލަމް ގޮވައިލުމަކީ އެމައްސަލަ ހިނގައިގަންނަން އުޅޭ ކަމުގެ ހިންޓެއް ތޯއެވެ؟ ޔާމީނުގެ ދިގުލައިގެން ދިޔަ ޝަރީއަތްވެސް ހަމަ އަސްލަމް ބުނާއިރަށް ޝެޑިއުލް ވީއެވެ.


