މަސްދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރުއެސްޑަބްލިއު ސިސްޓަމް) ޤާއިމްކުރުމަށް ލޯނު ދޫކުރުމުގެ މަޝްރޫޢު އަލުން މުރާޖަޢާކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި ނިޒާމު ޤާއިމްކުރުމުން މަސްވެރިންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
"އާރުއެސްޑަބްލިއު ސިސްޓަމް ދޯނީގައި ހަރުކުރެވުނީމާ ވަރަށް ބޮޑުތަނުން ހަޤީގަތުގައި ތެލަށް ކުރާ ހޭދަ އެއީ އައިސް ހޯދަން،ން، ދުއްވަން ތެލަށް ކުރާ ހޭދަ އާއެކީގައި އަދި އައިސް ގަންނަން ކުރާ ހޭދަ ވަރަށް ބޮޑަށް މަސްވެރިންނަށް ނަށް ހަޤީގަތުގައި ސޭވްވެގެން މިދަނީ," ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، ޒަމާނީ ވަސީލަތްތަކާއެކު މަސްދޯނީގައި މަސްތައް ތާޒާކަންމަތީ ބެހެއްޓޭނެ ނިޒާމެއް ހުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، މަސް ތާޒާކަންމަތީ ހުރުމުން އެ މަހަށް ލިބޭ އަގު ވެސް އުފުލިގެންދާނެ ކަމަށާއި މަސްވެރިންނަށް އޭގެ ނަފާ ލިބޭނެ ކަމަށެވެ.
މި މަޝްރޫޢަކީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލީހުޑް ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ދޯނިތަކުގައި އެ ނިޒާމު ޤާއިމުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މި ލޯނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ މަސްވެރިކަމުގެ ސިޔ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިދާހުރި އިންވެސްޓްމެންޓްގެ ގޮތުގައި ޒަމާނީ ފެންވަރަށް މަސްދޯނިތައް ތަރައްޤީކުރުން ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.



