Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމުން އައިސް ހޯދަން ކުރާ ހޭދަ ކުޑަވާނެ: ޝިޔާމް

އައިޝަތު ރުވާ ރިފްޢަތު
748 ދުވަސް ކުރިން - 22 ސެޕްޓެންބަރު 2024 19:48
ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ
ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ
ޚުލާސާ

އާރްއެސްޑަބްލިއު ދޯނީގައި ހަރުކުރެވުނީމަ ވަރަށް ބޮޑުތަނުން ތެލަށް ކުރާ ހޭދަ ސޭވް ކުރެވިގެން ދާނެ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވި. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މަސްވެރިންނަށް ލުއިފަސޭހަތަކެއް ހޯދައިދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އިތުރު ލުއިފަސޭހަތައް ހިމަނައިގެން އަލުން ފަށާފައިވާ ޕްރޮގްރާމެއްކަން ވުޒާރާއިން ފާހަގަކުރި.

މަސް ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމުން އައިސް ހޯދަން ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ މަސް ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް ލޯނު ދޫކުރުމުގެ މަޝްރޫއު އަލުން މުރާޖަޢާކޮށް އެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި، މި ލޯނު ދޫކުރުމުގެ ޕްރޮގްރާމަކީ މީގެ ކުރިންވެސް ކުރިއަށް ގެންދަން މަސައްކަތްކޮށްފައިވާ ޕްރޮގްރާމެއް ނަމަވެސް، ބައެއް ސަބަބުތަކާ ހުރެ އެންމެ އެދެވޭ ނަތީޖާއެއް ލިބިފައިނުވާ ކަމަށެވެ. އައިސް ލިބުމުގެ މައްސަލައަކީ މަސްވެރިންނަށް އޮތް ބޮޑު ދައްޗެއްކަމަށާއި، އެއީ ވަރަށް ބޮޑު ހޭދައެއް މަސްވެރިން ކުރަންޖެހޭ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އާރްއެސްޑަބްލިއު ދޯނީގައި ހަރުކުރެވުނީމައި ވަރަށް ބޮޑުތަނުން ތެލަށް ކުރާ ހޭދަ އެއީ އައިސް ހޯދަންވިން ދުއްވަން ކުރާ ހޭދައާއެކީގައި އައިސް ގަންނަން ކުރާ ހޭދަ މަސްވެރިންނަށް ވަރަށް ބޮޑަށް ސޭވް ކުރެވިގެން ދާނެ" ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

Advertisement

Advertisement 1

މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހުޅުވާލެވެނީ ލައިވްސް އެންޑް ލައިވްލީ ފަންޑުގެ އެހީގައި އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓާއި ގުޅިގެން ހިންގާ ލޯނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިދާހުރި އިންވެސްޓްމަންޓެއްގެ ގޮތުގައި ޒަމާނީ ފެންވަރަށް މަސްދޯނިތައް ތަރައްޤީކުރުމެވެ.

މި ޕްރޮގްރާމްގެ ދަށުން 2 މިލިއަނާ ހަމައަށް ފައިނޭންސް ހަމަޖެހިގެންދާނެ ކަމަށާއި، ލޯނު ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބުމުގެ އިތުރުން 10 އަހަރަށް ބަހާލައިގެން ލޯނު ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ. އަދި މި ލޯނުގެ ދަށުން ނަގާ ތަކެތީގެ 35 އިންސައްތަ އަނބުރާ ދައްކާކަށް ނުޖެހޭނެ ކަމަށާއި، ފައިސާ ދައްކާއިރު މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކުޑަވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ލުއިފަސޭހަތަކެއް ހޯދައިދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އިތުރު ލުއިފަސޭހަތައް ހިމަނައިގެން އަލުން ފަށާފައިވާ ޕްރޮގްރާމެއްކަން ވުޒާރާއިން ފާހަގަކުރިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވެފައިވަނީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

ވަޒީރު ޝިޔާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަސް ކިރަން ދާއިރު މަހުގެ ތާޒާކަން ހިފެހެއްޓިފައި ހުންނަނަމަ މަހަށް ރަނގަޅު އަގެއް ލިބޭނެއެވެ. އެހެންކަމުން ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމުން އެކަމަށްވެސް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް ގިނަގުނަ ފައިދާތަކެއް ލިބި، މަސްވެރިންނަށް ދިމާވެފައިވާ ބައެއް ދަތިތައް ޙައްލުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. ޚާއްޞަކޮށް އައިސް ހޯދުމަށް ކުރަންޖެހޭ ބޮޑު ޚަރަދު ކުޑަވެ، މަސްވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%