ސްރީލަންކާގެ ރައީސްކަން ބޮޑެތި ޕާޓިތައް ބަލިކޮށް، އަނުރަ ކުމާރާ ޑިސަނަޔަކެ ހޯއްދަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތައް ބުނާ ގޮތުގައި މިހާތަނަށް ބޮޑުބައެއް ގުނައި ނިމިފައިވާއިރު ވޯޓުގެ ގާތްގަނޑަކަށް %53 ހޯއްދެވީ އަނޫރާ އެވެ. ދެވަނައިގައި ސަޖިތު ޕްރޭމަދާސާ އޮތީ %22ގަ އެވެ. ތިންވަނާގައި އުޅުއްވަނީ ރައީސް ރަނިލް ވިކްރަމަސިންހައެވެ.

ޖުމްލަ 38 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރެއްވި ނަމަަވެސް އިންތިހާބުގެ މައި ވާދަވެރިންނަކީ މިހާރުގެ ރައީސް ވިކްރަމަސިންހެއާއި އިދިކޮޅު ލީޑަރު ސަޖިތް ޕެރަމަދާސާއާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަނުރާ ކުމާރާ ޑިސަނަޔަކަ އަދި ކުރީގެ ރައީސް ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ އެވެ