ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ފިތުރު އީދާއި ދިމާކޮށް ދިއްލި ލައިޓްތައް ކައުންސިލްތަކުގެ މިލްކެއްގެ ގޮތުގައި ހަމަޖައްސަން ނިންމަވާފައިވާ ކަމަށެވެ. ފިތުރު އީދުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތައް ވަނީ ދިއްލާލާފައެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރައްވަމުންގެންދަވާ މި ހަރަކާތައް ތައްޔާރުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިއްލުންތައް ހަރުކޮށްފައިވެއެވެ.ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީދު ލައިޓްސް ފޮނުވާފައިވާ ސިޓީ އަދި ރަށްތަކުގެ އެސެޓްގެ ގޮތުގައި ހަމަޖެއްސުމުގެ އިދާރީ މަސައްކަތް، އޮފީސް ހުޅުވުމާއެކު ކުރިއަށް ގެންދާނެ ކަމަށެވެ.އަދި ފޮނުވި ތަކެތީގެ ފުރިހަމަ ލިސްޓާއި، އެސްޓް ޓްރާންސްފާ ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު އެ ވުޒާރާއިން ހިއްސާ ކުރައްވާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ."ކައުންސިލްތަކުގެ އިންވެންޓްރިގައި ތަކެތި ހިމެނުމަށްފަހު ސިޓީ/ރަށުގެ ގައުމީ އިޖުތިމާއީ ކަންކަމުގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ،" ވަޒީރު ވިދާޅުވިއެވެ.