Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަނޑިޔާރުގޭގެ ބަލިފައި

ފަނޑިޔާރުގޭގެ ބަލިފައި

ހުސައިން އިސްމާއިލް
713 ދުވަސް ކުރިން - 22 ސެޕްޓެންބަރު 2024 12:02
ފޮޓޯ: ޚުލާސާ
ފޮޓޯ: ޚުލާސާ
ޚުލާސާ

ޑރ. މުއިއްޒު ރައީސްކަމަށް ހުވާ ކުރެއްވުމުގެ އެއްހަފްތާ ކުރިން ، އެމް.ޑީ.ޕީގެ ވެރިކަމުގައި ވަރަށް އަވަސް އަރުވާލައިގެން، އޭރުގެ ޖޭ.އެސް.ސީ އިން ވަނީ އެމްޑީޕީގެ ކުރީގެ އެކްޓިިވިސްޓަކު ހައިކޯޓު ގެ ފަނޑިޔާރަކަށް ޢައްޔަނު ކުރައްވާފަ. ޓެރަރިޒަމްގެ ތުހުމަތު ކޮށްފައިވާ އަދި ޝަރީޢަތަށް ފޮނުވާފައިވާ ފަރާތްތައް ފަނޑިޔާރުގޭގައި ތިބުމަކީ އެގޭގެ ބަލިފައި

ޖިނާޢީ ދަޢުވާ ކުރެވޭ މިންވަރަށް ހެކި ހުރެގެން ނޫނީ ޕީޖީ އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާއެއް ނުކުރައްވާނެ އެވެ. މިއީ ދަޢުވާ ކުރުމުގެ މައިގަނޑު އަސާސެވެ. އެހެން އެކަން އޮތްއިރު ސިޔާސީ ބޭނުމަށް ދަޢްވާ ނުކުރުމާއި ދަޢްވާ އަނބުރާ ގެންދިޔުމަކީ ، ދައުލަތަށާއި ރައްޔިތުންނަށް ގެއްލުން ބޮޑު ކަމެކެވެ. 

މިކަމުގެ ކުޑަކުޑަ މިޘާލެއް ދަންނަވަމެވެ. މިހާރު ހައިކޯޓު ގެ ފަނޑިޔާރު ކަމުގައި ހުންނެވި އެމް.ޑީ.ޕީ.ގެ ކުރީ ގެ އެކްޓިވިސްޓް ހއ. އިހަވަންދޫ ޢަބްދުލްމާނިޢު ޙުސައިނުގެ މައްޗަށް އަންނި ގެ ވެރިކަން ވެއްޓުނު ދުވަހު އެމް.ޑީ.ޕީ އިސްވެ އޮވެ ހިންގި ދައުލަތުގެ މުދަލަށް ގެއްލުން ދިނުމާއި އަލިފާން ޖެހި ހާދިސާ އާއި ގުޅޭ ގޮތުން އިހަވަންދޫ ކޯޓަށް ޖިނާޢީ ދަޢުވާއެއް ޕީ.ޖީ އޮފީހުން ހުށަހެޅި އެވެ. އެދަޢުވާ އާއި ގުޅިގެން ޢަބްދުލްމާނިޢު ޙުސައިނު ކޯޓަށް ޙާޟިރު ކުރަން ބެލިއިރު ފިލައިގެން އުޅޭތީ ، ދައުލަތުން އެމައްސަލަ އަނބުރާ ގެންދިޔައެވެ. އޭރު އޭނާ ހިމެނޭ ގޮތުން ދަޢުވާ ކުރި 22 މީހުން ކުރެ 3 މީހެއްގެ މައްޗަށް ދަޢުވާ ސާބިތުވެފައި ވެއެވެ. އަދި އެއީ ޢަބްދުލްމާނިޢު ޙުސައިނު ގެ މައްޗަށް ޘާބިތުވުން ބޮޑު މައްސަލައެއް ކަމަށް މައްސަލަ ބެއްލެވުމާއި އޭރު ޙަވާލުވެ ހުންނެވި އުލިގަމު މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓު އަޙްމަދު ނަޞީރު އާދަމް ވިދާޅުވެފައިވެއެވެ.  

ސުވާލަކީ ދަޢްވާ އަނބުރާ ގެންދިއުމަށް ފަހު ޢަބްދުލްމާނިޢް ޙުސައިނު އުޅޭ ތަން އެނގުމުން ވެސް އަލުން ދަޢްވާ ހުށަނޭޅުއްވީ ކީއްވެ ހެއްޔެވެ؟ ހުށަ ނޭޅުއްވުމުގެ ސަބަބުން އޭގެ ނަތީޖާއަކަށްވީ ޤާނޫނީ ވަކީލުންގެ ފަރާތުން ޖޭ.އެސް.ސީ ގެ މެންބަރަކަށް ކުރިމަތި ލެއްވުމުގެ ފުރުޞަތު ލިބުމެވެ. އޭނާގެ ކުށު ރެކޯޑެއް ނެތުމާއެކު ޖޭ.އެސް.ސީގެ މެންބަރަކަށް ހޮވުމެވެ. 

Advertisement

Advertisement 1

އެއަށް ފަހު އެމް.ޑީ.ޕީ ގެ ވެރިކަމުގައި ވަރަށް އަވަސް އަރުވާލައިގެން، ޑރ. މުއިއްޒު ރައީސްކަމަށް ހުވާ ކުރެއްވުމުގެ އެއްހަފްތާ ކުރިން ޖޭ.އެސް.ސީ އިން ޢަބްދުލްމާނިޢް ޙުސައިނު ހައިކޯޓު ގެ ފަނޑިޔާރަކަށް ޢައްޔަނު ކުރެއްވިއެވެ. 

 އެކަން އެގޮތަށް ކުރެއްވީ އެމް.ޑީ.ޕީ.ގެ އެކްޓިވިސްޓަކަށް ވާތީ ، ޙިސާނު ޙުސައިނު މަޤާމުގެ ބޭނުން ނަހަމަ ގޮތުގައި ހިތްޕަވައިގެންކަމަށް ވެއެވެ. އެކަން ކުރެއްވީ ހުރިހާ އިޖުރާޢަތްތަކާއި ޚިލާފަށް ކަމަށް އެދުވަސްވަރު ނޫސްތަކުގައި ވެސް ލިޔެފައިވެއެވެ.

އެހެން ކަމުން ބޮޑު ޖިނާޢީ ކުށެއްގެ ތުހުމަތު އޮތް ފަރާތެއް ހައިކޯޓުގެ ފަނޑިޔާރަކަށް ޢައްޔަނު ކުރުމަށް ފަހިވެފައި އެވަނީ ، ދަޢުވާ އަނބުރާ ގެންދިޔުމަށް ފަހު އޭނާ އުޅޭ އެޑްރެސް އެނގުމުން ވެސް އަލުން ދަޢުވާ ނުކުރެއްވުމުގެ ނަތީޖާ އެއްގެ ގޮތުން ނެވެ. އެހެން އެކަން އޮތްއިރު ޖިނާޢީ ދައުވާއެއް ނުކުރެވޭ އަދި ތުހުމަތެއް ވެސް ކުރެވިފައި ނުވާ ފަނޑިޔާރުން މަޤާމުން ވަކި ކުރިއިރު ޖިނާޢީ ދަޢުވާ ކުރެވިފައިވާ ފަނޑިޔާރުން ފަނޑިޔާރު ކަމުގައި ބޭތިއްބެވުމަކީ ފަނޑިޔާރުގެ އިޞްލާޙު ކުރެވޭނެ ކަމެއްތޯ ؟ މިއީ އުފައްދާނެ ބޮޑު ސުވާލެކެވެ. ޖިނާޢީ ކުށްތަކުގައި ޝާމިލްވެފައިވާ ފަރާތްތައް ފަނޑިޔާރުގޭގައި ތިބުމަކީ ޑިމޮކްރަސީގެ ބަލިފައެކެވެ. ފަނޑިޔާރުގޭގެ ވެސް ބަލިފައެވެ.

Advertisement
Advertisement

ގުޅޭ ޚަބަރުތައް

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%