
އަވަށްޓެރި ސްރީލަންކާގެ އިންތިޚާބު މިފަހަރު ކާމިޔާބު ކުރާނީ އަނުރަ ކުމާރާ ޑިސަނާޔަކޭ ކަމަށް ބެލެވޭ ކަމަށް ނެޝަނަލް ޕީޕަލްސް ޕަވަރ ، އެންޕީޕީން ބުނެފިއެވެ.
އެންޕީޕީގެ ޖެނެރަލް ސެކެޓްރީ ޑރ.ނިހާލް އަބޭސިންގެހެ ބުނި ގޮތުގައި މިފަހަރުގެ އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
މިވަގުތު އެންމެ ގިނަ ވޯޓު ލިބިފައިވަނީ ވެސް އަނޫރާ ކުމާރާ ޑިސަނާޔަކޭ އަށެވެ. އެންޕީޕީގެ ކެންޑިޑޭޓް އަނޫރާ ކުމާރާ ޑިސަނާޔަކޭ އަށް 2،970،203 ވޯޓު މިހާތަނަށް ލިބިވަޑައިގެންފައިވާ ކަމަށް ދައްކައެވެ. ސާޖިތު ޕްރޭމަދާސާއަށް ލިބިވަޑައިގެންފައިވަނީ 2،342،486 ވޯޓެވެ.
ޕޮލޮންނާރޫވާ ޑިސްޓްރިކްޓްގެ އެއްވަނަ ހޯދީ ވެސް އެންޕީޕީގެ ރިޔާސީ ކެންޑިޑޭޓް އަނޫރާ ޑިސަނާޔަކޭ އެވެ. އޭނާއަށް 130،880 (46.12%) ވޯޓު ލިބިފައިވެއެވެ. މީގެ އިތުރުން ކަންބުރުޕިތިއާއާއި ޓަންގަލާއިން ވެސް މެޖޯރިޓީ ނަގާފައިވާއިރު ގަމްޕަހާއިން 65.5 ޕަސަންޓް އަދި ކެންޑީއިން 42 އިންސައްތަ ހޯއްދެވިއެވެ. މިނޫނަސް ގިނަ ޑިސްޓްރިކްޓްތަކުން ކުރި ހޯއްދެވީ އޭނާއެވެ.



