އޯލްޑް ޓްރެފޯޑްގައި މެންޗެސްޓާ ޔުނައިޓެޑުން ތަފާތު ބޮޑު ނަތީޖާއެއް ނެރެ ގަދަ 16 ކަށަވަރު ކޮށްފިއެވެ.
ބާންސްލީ 0-7 އިން ބަލިކޮށް ކަރަބައޯ ކަޕްގެ ހަތަރު ވަނަ ބުރަށް ޔުނައިޓެޑް ދަތުރުކުރި މެޗު ކުޅުނީ އަމިއްލަ ދަނޑުގައެވެ. ޔުނައިޓެޑްގެ 200 ވަނަ މެޗުގައި މާކަސް ރެޝްފޯޑް ވަނީ މެޗުގެ 16 ވަނަ މިނެޓްގައި ގޯލެއް ޖަހާފައެވެ. ދެވަނަ ގޯލު 35ވަނަ މިނެޓުގައި އެންތަނީ ވަނީ ޖަހާފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ގަރްނާޗޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

ގަރްނާޗޯ ރޭގެ މެޗުގައި ދެގޯލު ޖެހި
ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ހަތަރު ވަނަ މިނިޓުގައި ގަރްނާޗޯ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. އަދި މެޗުގެ 58 ވަނަ މިނިޓުގައި މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-0. އަށް ބަދަލުކޮށްފަ އެވެ.
ދެން ފެނުނީ 81 ވަނަ މިނެޓާއި 85ވަނަ މިނެޓުގައި އެތިކްސަން ޖެހި ދެގޯލެވެ.
މުޅި މެޗުގައި އެރިކް ޓެން ހެގްގެ ޓީމު ޑޮމިނޭޓްކޮށް، މެނުއަލް އުގާޓޭ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެނުއަލް އުގާޓޭ ޕީއެސްޖީން މި ހޫނު މޫސުމުގައި ޔުނައިޓެޑާއި ގުޅި ކުޅުނު ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދެއްކި
ޓެން ހެގްގެ އިރުޝާދުގެ ދަށުން އެޓީމަށް ލިބުނު ބޮޑު މޮޅާއެކު ޔުނައިޓެޑްގެ ސަޕޯޓަރުން މިހާޜު ތައްޔާޜުވެގެން ތިބީ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗަށެވެ.



