ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވެސް އިން އިންތިޒާމު ކޮށްގެން ބާއްވާ "އެމްޓީސީސީ ޢީދު ބައިބަލާ ޗެލެންޖު 1445" ފަށައިފިއެވެ. މި މުބަރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލް ޖުމްޙޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފެވެ.
މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ ހުޅުމާލެ ސެންޓަރަލް ޕާކުގައެވެ. ދިވެހިންގެ މެދުގައި މަގުބޫލު ކަމެއް ދެވިފައިވާ މި ކުޅިވަރުގައި މި އަހަރު ވެސް ގިނަ ޓީމު ތަކަކުން ވަނީ ބައިވެރި ވެފައެވެ. އެގޮތުން ރޭގައި ވަނީ ވާދަވެރި މެޗުތަކެއް ކުޅެފައެވެ.
އެގޮތުން މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ކުލަބު ޓީނޭޖް އަދި ކުލަބު ޒެފްރޯލް އެވެ. މި މެޗު ކުލަބު ޒެފްރޯލްގެ މައްޗަށް ދެ ގޭމުންވެސް ކުރި ހޯދައި މެޗު ކާމިޔާބު ކޮށްފައިވަނީ ކުލަބު ޓިނޭޖެވެ. އަދި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައި ވަނީ ކުލަބު ޓީނޭޖުގެ ޖޯޒީ ނަންބަރު 6 އަލީ ވިދާދު (ދާދު) އެވެ. ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކުލަބު އަދި ކުލަބު ލިޓްލް ޓައުން އެވެ. މި މެޗު ލިޓްލް ޓައުންގެ މައްޗައް ދެ ގޭމުން ވެސް ކުރި ހޯދައި މެޗު ކާމިޔާބު ކުރީ ޓީސީ ސްޕޯޓްސް ކުލަބެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޓީސީ ސޮޕޯޓްސް ކުލަބުގެ ޖޯޒީ ނަންބަރު 7 އަލީ މާހިރު (ހަންޓޭ) އެވެ.

ތިންވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ޔުނައިޓެޑް އީސްޓު ކޯސްޓު އަދި އީސީ އެކްސް އީގަލްސް އެވެ. މި މެޗު އީސީ އެކްސް އީގަލްސް ގެ މައްޗަށް ދެ ގޭމުން ވެސް ކުރި ހޯދައި މެޗު ކާމިޔާބު ކުރީ އީސްޓް ކޯސްޓެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އީސްޓް ކޯސްޓްގެ ޖޯޒީ ނަންބަރ 9 އިޖާބަތު ލަތީފް (އިޖާ) އެވެ.
ހަތަރު ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ވީކޭ ސޮޕޯޓްސް ކުލަބު އަދި ޖޭކޭ ސޮޕޯޓްސް ކުލަބެވެ. މި މުޗުގައި ވީކޭ ސޮޕޯޓްސް ކުލަބުގެ މައްޗަށް ގަދަ ހިފުމުގައި ވާދަކޮށް ޖޭކޭ ސޮޕޯޓްސް ކުލަބުން ވަނީ ކުރި ހޯދާފައެވެ. މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ޖޭކޭ ސޮޕޯޓްސް ކުލަބުގެ ޖޯޒީ ނަންބަރ 18 ހުސެއިން ސިމާޒް (ކޮކީ) އެވެ.
ފަސްވަނަ މެޗުގައި ވާދަކޮށްފައި ވަނީ ބުރު ސޮޕޯޓްސް ކްލަބް އަދި ވީކޭ ވަކަންޑާ އެވެ. މި މެޗުގައި ވީކޭ ވަކަންޑާގެ މައްޗަށް ފަސޭހަ ކަމާއެކު ދެގޭމުން ވެސް ކުރި ހޯދާފައިވަނީ ބުރު ސްޕޯޓްސް ކުލަބުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބުރު ސޮޕޯޓްސް ކުލަބުގެ ޖޯޒީ ނަންބަރު 6 މުޙައްމަދު މިރުސާލް ޔާސިރު (މިރު) އެވެ.
ރޭގެ ފަހުމެޗުގައި ބައްދަލުކޮށްފައިވަނީ ކުލަބު ވޯންޓެޑް އަދި ޓީސީ ގޯޅި އެވެ. މި މެޗުގައި ކުލަބް ވޯންޓެޑް ގެ މައްޗަށް ދެ ގޭމުން ވެސް ކުރި ހޯދައި މެޗު ކާމިޔާބު ކޮށްފައި ވަނީ ޓީސީ ގޯޅިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީސީ ގޯޅީގެ ޖޯޒީ ނަންބަރ 17 ޝުއޫދު އަހުމަދު ރިޝްވާން އެވެ.
އެގޮތުން ރެޔެކޭވެސް އެއްފަދައިން މިރޭވެސް ވާދަވެރި މެޗުތަކެއް ކުޅުމަށް ޓީމުތަކުން އަންނަނީ ފުރިހަމަ ތައްޔާރީތައް ވަމުންނެވެ.



