1445ގެ ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ ގަޑި ރައީސް އޮފީހުން މިއަދު ކަނޑައަޅައިފިއެވެ.ރައީސް އޮފީހުން ބުނިގޮތުގައި އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 ކަމަށެވެ.

ހިޖުރީ 1443 ވަނަ އަހަރުގެ 6 މާރިޗު 2022 ގައި ނެރުއްވި ދެންނެވުމުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖައްސަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އެހެން އަހަރުތަކާ މުލިން ހިލާފަށް ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތައް ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުންއްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.