އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 57 ވަނަ ސެޝަންގައި ދިވެހިރާއްޖެ ބައިވެރިވެއްޖެއެވެ.
މި ސެޝަނަކީ ޖެނީވާގައި ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަންގައި 30 އިންޓަރެކްޓިވް ޑައިލޮގް، 2 ޚާއްސަ ޑައިލޮގް އަދި 6 ޕެނަލް ޑިސްކަޝަން ހިމެނެއެވެ. މީގެ އިތުރުން 50 ޤައުމެއްގެ ހާލަތާއި 80 އަށްވުރެ ގިނަ ތީމެޓިކް ރިޕޯޓް މުރާޖަޢާކުރެވޭނެއެވެ.
ރާއްޖޭގެ ވަފުދު ގިނަ އެޖެންޑާ އައިޓަމްތަކުގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޑައިލޮގްގައި ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން ރާއްޖެއިން ވާހަކަދައްކާނެއެވެ. އަދި މިޔަންމާ އަދި ފަލަސްޠީނުގެ މައްސަލަތަކާ ގުޅޭގޮތުން ރާއްޖެއިން ކަންބޮޑުވުން ފާޅުކުރާނެ ކަމަށްވެސް ލަފާކުރެވެއެވެ.
ރާއްޖޭގެ ވަފުދުގެ އިސްވެރިޔަކީ ޑރ. ސަލްމާ ރަޝީދެވެ. ވަފުދުގައި އޭނާގެ އިތުރުން 5 މެންބަރުން ހިމެނިވަޑައިގަންނަވައެވެ..
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ އދ.ގެ ދަށުން އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރާ 47 މެންބަރުންގެ މައްޗަށް އެކުލެވޭ ބައިނަލްއަޤްވާމީ މަޖިލީހެކެވެ. ރާއްޖެއަކީ މި މަޖިލީހުގެ މެންބަރެކެވެ. ނަމަވެސް ރާއްޖޭގެ މެންބަރުކަން އަންނަ އަހަރު ހަމަވާނެއެވެ.
މި ސެޝަން ކުރިއަށްދާނީ އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި އިންސާނީ ޙައްޤުތަކާ ގުޅުންހުރި ގިނަ މައްސަލަތަކަކާ މެދު މަޝްވަރާކުރެވި، ގިނަ ގަރާރުތަކެއް ފާސްކުރެވޭނެ ކަމަށް ބެލެވެއެވެ.



