62 ވަނަ ގައުމީ ޓޭބޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ޖެހިޖެހިގެން 5 ވަނަ ފަހަރަށް ޒުވާން ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހޯދައިފިއެވެ.
އިއްޔެ ނިމިގެން ދިޔަ މި މުބާރާތުގެ ފައިނަލްގައި ދީމާ ވަނީ އާއިޝަތު ރަފާ ނާޒިމުގެ މައްޗަށް ހަތަރު ސެޓުން ކުރި ހޯދާފައެވެ. މި މެޗުގެ ސެޓުތައް ދީމާ ކާމިޔާބު ކުރީ 11-8، 12-10، 11-3 އަދި 11-8 އިންނެވެ.
މި މުބާރާތުގައި ދީމާ ވަނީ އަންހެން ސިންގަލްސްގެ އިތުރުން 19 އަހަރުންދަށުގެ ސިންގަލްސް، 19 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް އަދި އޯޕަން ޑަބަލްސްގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.
ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފައިވަނީ އަހުޔާރު އަހްމަދު ހާލިދެވެ. އަހުޔާރު މި ވަނަ ހޯދީ ގައުމީ ތަށި 11 ފަހަރު ހޯދާފައިވާ މޫސާ މުންސިފް އަހުމަދު ބަލިކޮށްގެންނެވެ.
ގައުމީ މުބާރާތަށް ފަހު، ދީމާ އަށް ދެން މި އަހަރު އޮތް މުބާރާތްތަކަކީ، ތައިލެންޑާއި ވިއެޓްނާމްގައި އޮންނަ ޑަބްލިއުޓީޓީ މުބާރާތްތަކެކެވެ.



