ޔޫއެފާ ނޭޝަންސް ލީގުގައި ފްރާންސުގެ މައްޗަށް 3-1 ގެ ނަތީޖާއަކުން އިޓަލީ ކުރި ހޯދައިފިއެވެ.
މި މުބާރާތުގެ ލީގު އޭ ގެ 2 ވަނަ ގްރޫޕުގައި މި ދެ ޓީމް ބައަދަލުކުރި މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރި ހޯދީ ފްރާންސުންނެވެ. މެޗުގެ 13 ވަނަ ސިކުންތުގައި އިޓަލީގެ ޑިފެންޑަރެއް ހެދި ގޯހަކުން މި ގޯލު ކާމިޔާބުކޮށްފައިވަނީ ބްރޭޑްލީ ބާކޮލާއެވެ. އިޓަލީން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ 30 ވަނަ މިނެޓުގައި ޑިފެންޑަރު ޑިމާކޯއެވެ. ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި އިޓަލީގެ ފަރަޓޭސީގެ ގޯލާއެކު އިޓަލީ ލީޑު ނަގާފައިވާއިރު 74 ވަނަ މިނެޓުގައި ރަސްޕަޑޯރީ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ އިސްރާއިލާއި ބެލްޖިއަމެވެ. 3-1 ގެ ނަތީޖާއަކުން ބެލްޖިއަމް މި މެޗު ކާމިޔާބުކޮށްފައިވާއިރު ޑި ބްރޫނޭ ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. ބެލްޖިއަމަށް ދެން ގޯލު ޖަހާފައިވަނީ ޓިލަމެންސް އެވެ. އިސްރާއިލުގެ ހަމައެކަނި ގޯލަކީ ބެލްޖިއަމްގެ ކަސްޓަގަނޭ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.


