އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އަދި ނުބައިވެގެންވާ ފާފަތަކުގެ ތެރޭގައި މީސްތަކުންގެ އީބަބުނުމާއި ދެބައޮޑުވުން ހިމެނެއެވެ. މިއީ މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލި، މީސްތަކުންގެ މެދުގައި ރުޅިވެރިކަމާއި ފިތުނަ އުފެދިގެންދާ މައިގަނޑު އެއް ސަބަބެވެ.
ކީރިތި ގުރުއާނުގައި ޣީބަބުނުމުގެ ނުބައިކަން ބަޔާންކުރައްވާފައިވަނީ އަމިއްލަ އަޚާ މަރުވެފައި އޮއްވާ އޭނާގެ މަސް ކެއުން ފަދަ ނުބައި، ފަކުރުގަންނަ ކަމެއްގެ ގޮތުގައެވެ. އަލްހުޖުރާތު ސޫރަތުގެ 12 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެ ތެރެއިން ގިނަކަންތަކާ ދުރުހެލިވާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކުގެ عيب ނުހޯދާށެވެ! އަދި ތިޔަބައިމީހުންގެ އެކަކު އަނެކަކު ނެތިމޮށި ނުހަދާށެވެ! (އެބަހީ: ޣީބަ ނުބުނާށެވެ!) ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަހާގެ މަސް މަރުވެފައި އޮއްވާ ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، އެކަމަށް ތިޔަބައިމީހުން ނުރުހޭނެއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."
އީބައަކީ ކޮބައިކަން ސާފުކޮށްދެއްވަމުން ކައު އިތުރު ރަސޫލާ ﷺ ސަހާބީންނަށް ބަޔާންކޮށްދެއްވިއެވެ. "އީބައަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟" ސަހާބީން ދެންނެވިއެވެ. "އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ." އެހިނދު ހަދީޘްކުރެއްވިއެވެ. "އެއީ ތިބާގެ އަހާ ނުރުހޭފަދަ ވާހަކައެއް އޭނާއާ ބެހޭގޮތުން ދެއްކުމެވެ." ދެންނެވުނެވެ. "އަޅުގަނޑު އެ ބުނާ ސިފައެއް އޭނާގެ ކިބައިގައި ހުރެއްޖެނަމަ އެއީ ކިހިނެއްތޯއެވެ؟" ރަސޫލާ ﷺ ހަދީޘްކުރެއްވިއެވެ. "ތިބާ އެ ބުނާ ސިފައެއް އޭނާގެ ކިބައިގައި ހުރިނަމަ، ފަހެ ތިބާ އެ ބުނީ ޣީބައެވެ. އަދި އެ ސިފައެއް އޭނާގެ ކިބައިގައި ނެތްނަމަ، ފަހެ ތިބާ އެ ހެދީ ބުހުތާން ދޮގެކެވެ."
މީސްތަކުންގެ އަބުރަށް އަރައިގަނެ، ފުރައްސާރަކޮށް ދެބައޮޑުވުމުގެ ނުބައިކަމުގެ ބޮޑުކަމުން، ކީރިތި ގުރުއާނުގައި އެކަމަށް ހާއްސަކޮށް "އަލްހުމަޒާ" ގެ ނަމުގައި ސޫރަތެއް ބާވައިލައްވާފައިވުމަކީ މި ފާފައިގެ ބޮޑުކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. އެ ސޫރަތުގައި އެފަދަ މީހުންނަށް ވަނީ ގަދަފަދަ އަޒާބުގެ އިންޒާރު ދެއްވާފައެވެ.
އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ އަމިއްލަ ދޫ ރައްކާތެރިކުރުމަށެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވާފައިވެއެވެ: "ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ހެޔޮ ބަހެއް ބުނާށެވެ. ނޫންނަމަ ހަނުހުންނާށެވެ."
މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަކަމާއި އިހުތިރާމު ދެމެހެއްޓުމަށްޓަކައި، ކޮންމެ މީހަކުވެސް ދުލުގެ ނުބައިކަމުން ރައްކާތެރިވެ، އީބަބުނުމާއި ދެބައޮޑުވުން ފަދަ ނުބައި އަމަލުތަކުން ދުރުހެލިވުމަކީ އީމާންތެރިކަމުގެ ތެރެއިން ވާޖިބުވެގެންވާ ކަމެކެވެ.



