ރަޝިއާގެ އެންމެ އިރުމަތީ ޕެނިންސުލާ ކަމްޗަޓްކާގައި ހެލިކޮޕްޓަރެއް ވެއްޓި 22 މީހުން މަރުވެއްޖެއެވެ.
އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ މި ހެލިކޮޕްޓަރު ވެއްޓުނު އިރު 3 ފަޅުވެރިންވެސް ހިމެނޭއިރު އެކަކުވެސް ސަލާމަތެއް ނުވެއެވެ. ހަބަރުތައް ބުނާ ގޮތުގައި ރަޝިއާގައި އުފައްދާފައިވާ މި ހެލިކޮޕްޓަރުގައި ގިނައީ ފަތުރުވެރިންނެވެ.
ގެއްލުނު ހެލިކޮޕްޓަރު ވެއްޓުނީ މޮސްކޯގެ އިރުމަތީގައި ގާތްގަނޑަކަށް 7،100 ކިލޯމީޓަރު ދުރުގައި އޮންނަ ކަމްޗަޓްކާ ޕެނިންސުލާގައެވެ. ވެއްޓުނު ސީދާ ސަބަބެއް އަދި ނޭނގެ އެވެ.
މިއީ ބައެއްގެ ހަމަލާއަކުން ދިމާވި ކަމެއް ކަމުގެ ނިޝާނެއްވެސް އަދި ފެންނާކަށް ނެތެވެ.



