ޖަރުމަނުގެ ބަޔާން މިއުނިކަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ތޯމަސް މުލާ މުގުރާލައިފި އެވެ.
ބަޔާން މިއުނިކްގެ ލެޖެންޑަރީ ފޯވާޑް ތޯމަސް މިލާ ވަނީ ބުންޑެސްލީގާގައި ފްރެއިބާގް އަތުން 2-0 އިން މޮޅުވި މެޗުގައި ފަހު ހާފުގައި ކުޅެން ނުކުމެ ބަޔާންއަށް 710 ވަނަ މެޗު ކުޅުމުގެ ޝަރަފް ހޯދާފައެވެ. މި ރެކޯޑު މުގުރާލެވުނީ 45 އަހަރު ފަހުންނެވެ.
ކުރިން މި ރެކޯޑު އޮތީ ކްލަބުގެ ލެޖެންޑް ސެޕް މެއިއާގެ އަތުގައެވެ. މުލާ މިވަނީ ސެޕް މެއިއާ އަށްވުރެ 1 މެޗު އިތުރަށް ކުޅެފައެވެ.

ވެޓެރަން ފޯވާޑް މެޗަށް ނުކުތް އިރު ދިމާވީ ވެސް ބަޔާންގެ ދެވަނަ ގޯލާއި، މެޗުގެ 78 ވަނަ މިނެޓްގައި ޚުދު މިލާ އަމިއްލައަށްއޮތީ 1-0ކުން ކުރީގައެވެ. އެއީ ޕެނަލްޓީއަކުން އިނގިރޭސި ފޯވާޑް ހެރީ ކޭން ފުރަތަމަ ހާފުގައި ޖަހައިދިން ގޯލެވެ. ރެކޯޑު މިގިރާލި މެޗު އިތުރަށް ހާއްސަވީ މުލާ ގޯލެއް ޖަހައިގެންނެވެ. އެއީ 78ވަނަ މިނެޓުގައެވެ. މިއީ ބަޔާންއަށް އޭނާ ޖަހައިދިން 15ވަނަ ގޯލެވެ.



