ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ހުދު ސަމާލު ނެރުނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ. އެއީ މިއަދު މެންދުރުފަހު 1:00 އިން ހަވީރު 6:00 އާ ހަމައަށެވެ.
މެޓް އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރުމުގެ އިތުރުން ވިދުވަރު ފެންނާނެ ކަމަށް ލަފާކުރެވެއެވެ. އަދި އުތުރާއި މެދު ރާއްޖެތެރޭގައިވެސް ވިއްސާރަވެ، ގުގުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް މެޓް އިން ވަނީ އަންގަވާފައެވެ.
ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 5-15 މޭލުގެ ބާރުމިނުގައި ވައިޖަހާނެ ކަމަށާއި، ވިލާގަނޑުގައި 30 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އިން ވަނީ ލަފާކުރައްވާފައެވެ.
މި ފަދަ މޫސުމެއްގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުކަން ބެހެއްޓުމަށާއި، އަޅާ ފިޔަވަޅުތައް އެޅުމަށް މެޓް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.



